ޚަބަރު

އެމްޑީޕީ ތެރެއިން ސަރުކާރު ބަލިކޮށްލުން ބަލައެއް ނުގަނެވޭނެ: އަސްލަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް / ފޮޓޯ: އަވަސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ޚިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަސްލަމް ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވައިފައި ވަނީ ރައީސް ޞާލިހާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލިސް ރައީސް ވަނީ ސިޔާސީ މަސައްކަތްތަކުގައި އިދިކޮޅި ޕީޕީއެމްގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.

މިކަންކަމާ މެދު އެމްޕީ އަސްލަމް ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމަކީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށާއި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް ރައީސްގެ ޕާޓީން ބަޔަކު އެމަނިކުފާނާ ދެކޮޅަށް ތެދުވުމަކީ އޭނާ ތާއީދު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ތައްކާނު

    މިހާރު ތިވަނީރަގަޅަ ގަދާރުންނާއި އިހުލާސްތެރިން ވަކިވަނީ

  2. ރާޑަރް

    އަސްލަމު ތިޔަޢަޒްމުގާ ކުރިއަށް ވަޑައިގަންނަވާ ސާބަސް އަސްލަމު.