ކޮލަމް

އެންމެނަކު އަބަދަކު ރައީސް ނަޝީދު ވިދާޅުވާހާ ގޮތެއް ނުހަދާނެ!

ޢަބްދުﷲ ޔޫސުޕް ، ދެން އޮންލައިން

އުސޫލުތަކާ ދެކޮޅަށް ރައީސް ނަޝީދު ކުރާހާ ކަމެއް ހަލާލުކުރާ މެންބަރުންތަކެއް އެބަތިއްބެވެ. އެމީހުނަށް އެހެން އެވަނީ ކީއްވެކަން ނޭނގޭ ބަޔަކު ކުރިން ތިއްބެވެ. އެހެން އެވާ ސަބަބު ޖަޒުބާތުގައި ޖެހިގެން ބައެއް މެންބަރުންގެ ދުލުން އެތިބަގެން ބުނެ ފާޅު ކުރަނީއެވެ. ތިމާމެންގައި ކަމެއް ނެތީސް މީހަކު ހޮވައިދިނީތީ ގޮނޑިގޮނޑިއަށް ސަވާރުވެ ތިބިވާހަކަ އަމިއްލަޔަށް އެތިބަ ގޮވަނީއެވެ. ނަޝީދު އެޅިހާބަތަކަށް ރިހަވެގެން އެންމެންނަކު އަބަދަކު ނުތިބޭނެކަން އެ ހުރެ ފާޅުވަނީއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ތިމަންމެން ހޮވުނީ ރައީސް ނަޝީދުގެ ހިޔަނީގައި ނަމަވެސް އެންމެން ހޮވުނީކީ އެހެނަކުން ނޫނެވެ. އޮޅުވައިނުލައްވާށެވެ. ރައްޔިތުންގެ މަސްލަހަތަށް ވުރެ ނަޝީދުގެ އެޖެންޑާ ބޮލަށް ލައިގެން ގައުމުގައި ދެން ތިބި އެންމެންނަކީ ނަޝީދުގެ ގޮނޑިކޮއްކޮއިންނަށް ހައްދަވާން އުޅުއްވާ ނަމަ ތިޔަ ކުރެއްވެނީ ނުބައި މަސައްކަތެކެވެ.

ރައީސް ނަޝީދު ބޭނުންވީމާ ގައުމުގެ ސަލާމަތީ ބާރުތައް ބަރަހާނަކޮށް ގައުމު ރޭޕްކުރަން އެންމެންނަކު އޯކޭއެއް ނުވާނެއެވެ. އެކަންކަމަށް އޯކޭ ވާނީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ޤާނޫނު އަސާސީއަށް ބޯލަނބަން ހުވާކޮށްގެން ތިބެ، ރައީސް ނަޝީދުގެ އެޖެންޑާ ހިންގައިދޭން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި މީހުނަށް އެކަންޏެވެ. ބައެއް ފަހަރު އެންމެން އަދި ބައެއް ފަހަރު ބައެއް މީހުން މޮޔަ ހެއްދިދާނެއެވެ. އެކަމަކު އަބަދަކު އެންމެނެއް މޮޔައެއް ނުހެއްދޭނެއެވެ. ކަން މިހެން އޮތްއިރު، ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެން ރައީސް ނަޝީދުގެ ހިޔަނީގައި މަޖިލީހަށް ހޮވިގެން ރައީސް ނަޝީދަށް ހަރާންކޯރުވި ކަމަށް ބުނާ އެއް މެންބަރަކަށް ބަލައިލަމާތޯއެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އިމްތިޔާޒު ކޮމިޓީގައި ރައީސް ނަޝީދުގެ ހުށަހެޅުމަކާ ދެކޮޅަށް ވޯޓު ދިނުމުން ބައެއް މެންބަރުންނަށް އޭނާ ވަރަށް ގޯސްވެއްޖެއެވެ. ރައީސް ނަޝީދުގެ ފޮޓޯގެ ބާރުން ގޮނޑި ލިބުނު މީހަކަށް ވެއްޖެއެވެ. ހަގީގަތަކީ އެއީ ހެއްޔެވެ. ނޫނެކެވެ. މިލަންދޫގައި އެމްޑީޕީއާއި ރައީސް ނަޝީދު ވިއްކުމުގެ އެންމެ އިސްމީހަކީ އަލީ ރިޒާއެވެ. މިލަންދުއަށް އަލީ ރިޒާ ތަޢާރަފުކުރީ ރައީސް ނަޝީދެއް ނޫނެވެ. އަދި  އެމްޑީޕީއަކުން ވެސް ނޫންމެއެވެ. 

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ފުރަތަމަ ފަހަރުވީ ފެއިލް

ދުރު ނޫން މާޒީ ބަލައިލަބަލާށެވެ. ރައްޔިތުންގެ މަޖިލިސްގެ މެންބަރަކަށް އެންމެ ފުރަތަމަ އަލީ ރިޒާ އިންތިޚާބުވީ އަމިއްލަ ގޮތުންނެވެ. ރައްޔިތުންގެ ގާތް ގުޅުމާއި އިތުބާރުގެ ތެރެއިންނެވެ. އަމިއްލަ ހައިސިއްޔަތުން އަލީ ރިޒާ އިންތިޚާބުވެފައި ހުންނަވަނިކޮށް ރައްޔިތުންނަށް ސަރުކާރުގެ ތެރެއިން ތަރައްގީގެ ފުރުސަތު އިތުރުކުރުމުގެ ބޭނުމުގައި އެމްޑީޕީއާ ގުޅުނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. އެކަމުގެ ނުރުހުން ބޮޑުވެ ޖެހިގެން އައި ދައުރުގައި އެމްޑީޕީގެ ޓިކެޓުގައި ނިކުތުމުން އަލީ ރިޒާ މަޖިލީހަށް އިންތިޚާބުވާ ގޮތެއް ނުވިއެވެ. ދާއިރާގެ ލޯތްބާއި ރުހުން އޮތް އަލީ ރިޒާ އެ ފަހަރު ފޭލިވީ އެމްޑީޕީއާ ގުޅުމުންނެވެ. ރައީސް ނަޝީދުގެ ސަބަބުންނެވެ.

ހިތްވަރު ދޫނުކޮށް އަލީ ރިޒާގެ މަސައްކަތުން މަޖިލީހުގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ދެވަނަފަހަރަށް އޭނާ އިންތިޚާބުވިއެވެ. ފެންނަން އޮތް ހަގީގަތަކީ އަލީ ރިޒާ ބޭނުން ނަމަ މިލަންދޫ ދާއިރާއިން ރައީސް ނަޝީދުގެ ނަން ފުހެލުމަކީ އުދަގޫކަމަކަށް ނުވާނެއެވެ. އެދާއިރާގައި ރައީސް ނަޝީދުވެގެން ރައީސް ނަޝީދު ޖައްސަވާހާ ބެރަކަށް ނަށާނެ މަދު ބަޔަކު ތިބެދާނެކަމާ މެދު ވެސް ޝައްކެވެ.

ރައީސް ނަޝީދުގެ މަސްލަހަތާ ޚިލާފަށް ކުޑަ ވެސް ކަމެއް ހިނގައިފި ނަމަ ފަޔަށް ހިނި އަރައިގެން އުޅޭ ޒާތަށް މެންބަރުންނާ ދިމާކޮށްލުމީ އެމްޑީޕީގެ ތާރީޚުގައި އައުކަމެއް ނޫނެވެ. މިއަދު ވެސް އެ މަގުން ހިނގައި ހާސިލުކުރަން މިއުޅެނީ ކޮންކަމެއް ހެއްޔެވެ. ވެރިކަން ލިބުނީމާ ރައްޔިތުންނަށް ކަމެއްކޮށް ނުދީ މުޅި ގައުމަކީ ރައީސް ނަޝީދުކަމަށް ދެކިވަޑައިގެން އުޅުއްވިޔަސް އެއީ ޙަޤީޤަތަކަށް ނުވާނެއެވެ. 

Ads by Ooredoo
  1. ޢާމި އެޑަމް

    ޥަރައް ބޮޑު ހަގީގަތެއް

  2. މުހައްމަދު

    ވަރަށް ރަނގަޅު ވާހަކައެއް.

  3. މޮހޮރު

    ސަތޭކައިގެ ވާހަކައެއްމީ.

  4. އަލީރަސީދު

    ވަރަށް ހަގީގަތަށް ބުރެވެ ހުރެ ލިެފައިވާ ލިއުމެއް އަބަދަކު މުށިމަސްގަނޑު ތެރޭގައި ފަނިހަނދި އުޅޭހެނެއް ނޫޅެވޭނެ

  5. އުދުހޭކޮކާ

    އެންމެނަކު އަބަދަކު ހަމާގަ ތިބޭނެ ކަމަށް އަހަރެމެން ހަމާގަ ތިބޭ މީހުން ދެކޭނެ ކަމަކު ނެތޭ. މިހާރު އެދައްކާ ވާހަކަ ތަކަށް ބަލާއިރު އަދިވެސް ނުނެގި ބޮލުގަ ރޭޒާ ފުކެއް އޮތީ ކަމަށް ލަފާ ކުރެވޭ.

    • ވަހީދު

      މޮޔަމޮހޮދުއަދިސްއުޅެނީދިހިންގެބެކެވޭތްއެގޮތައްކެވޭނީ؟‏ދޮންބިލެތް އީވާ މީކާ ބްހަލާކުއުގޫފާރު އިހަވަންދޫށޭކު

  6. ގަމު މީހާ

    ރަނގަޅު ވާހަކައެއް.. ލައްކަ އެކޭ ހީވެގެން އުޅުނަސް އަންނި އަކީ ސުމެއްގެ މީހެއް.. ގޮތްބަލާލަން 2023ގަ ކުރިމަތިލާންވީ، ނުހޮވޭނެކަން ޔަގީން..

  7. ޕިރާޑް

    މިލިޔުނު މީހާވެސް މަސައްކަތް ކޮށްފައި މިއޮތީ ވަރަށް ބޮޑަށް ވެސް ރައީސް ނަޝީދަށް ވާށެވެ. ކޮންމެއަކަސް ރައީސް ނަޝީދު އަކީ ވަރަށް މަޤުބޫލް ބޭފުޅެކެވެ. އެމަނިކުފާނުގެ ބަސްމަގާއި ލިޔުންތައް ވެސް އެހައިމެ މަޝްހޫރެވެ. ކަންމަތީފިހާރަ.. އެއްބުރުން.. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.. ބޯހިޔާވަހިކަން.. މިފަދަ ބަސްތައް ވެސް މަޝްހޫރުވެގެން ގޮސްފައި ވަނީ އެބަސްތައް ބޭނުން ކުރި މީހާގެ ގޮތުންނެވެ. ތިޔަހެން އަދި ނޫހެއްގަ ޚަބަރެއް ލިޔެގެން އެ މަޝްހޫރުކަމެއް ނުލިބޭނެއެވެ.އަދި އެންމެންނަކު ތިޔަ ލިޔުމަކަށް ތަރުހީބެއްވެސް ނުދޭނެ

    • އަރިކަށި ފިކުރު

      މޮޔަ ނުވޭ. ތިޔަބުނާ ހުރިހާ ސިޔާރުތަކަކީ އަންނިގެ އުފެއްދުމެއްނޫން. އެެހުމުން ވައްކަން ކޮށްގެން ކޮޕީކޮށްގެން ބޭނުންކުރި ސިޔާރުތަކެއް. އެލިޔުން ލިޔުނު ލިޔުންތެރިއަކީ މަސްހޫރުކަން ހޯދަން އުޅޭވަރަށްވުރެ މަސްހޫރު މޮޅުލިޔުންތެރިއެއް. ލައްކަ މޭކަރައިފިތާދޯ. ލިޔުމުގެ މަގުސަދު ލިޔުންތެރިޔާއަށް ހާސިލިވެއްޖެހެން ހީވޭ މިހާރުވެސް.

  8. Adindaa19

    ތިލަފަތް ވެސް ބެލެންސް އެއްނޫން . ޥީ މާ ތީ ހަަަމަ ރަގަޅު ވާހަކައެއް

  9. ޕެސްޓް

    ގަދަވެ ހުން އޮއްވަ ރީނދޫ ހުމުގަ، ކަނޑަކު އޮޑި އޮވެ ފެތީތާ.

  10. ގފފސ

    އޭނަ ހިތުހުރި ކަމެއް ކުރިޔަ ދީގެންވެސް ނުވާނެ.

    • މޑޕއަކީ ކުމުޅުބިހެއް އެހާއަވަހާ ފަލާގެންދާނެ