ޚަބަރު ރައްޔިތުންގެ މަޖިލިސް

އަނެއްކާވެސް ޖޫރިމަނާއެއް، އުފަންވާތާ 7 ދުވަސް ތެރޭ ރަޖިސްޓަރ ނުކުރާނަމަ 10،000 ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުއްޖާ އުފަންވާތާ 7 ދުވަސް ތެރޭ ރަޖިސްޓަރ ނުކުރާނަމަ 10،000 ރުފިޔާއިން ޖޫރިމާނާ ކުރުމަށް އާ ގާނޫނެއް އެކުލަވާލައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅައިފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ. “އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު” ހުށަހަޅައިފައި ވަނީ ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީކުރުމާ ގުޅޭ އުސޫލުތަކާއި އުފަންދުވަހުގެ ސެޓްފިކެޓާއި ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާ ގުޅޭ އުސޫލުތަކާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި، ރެޖިސްޓްރީކުރުމާއި ގުޅޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި ގާއިމްކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމްކުރުމެވެ.

އެ ބިލުގައި ބުނެފައިވާ މުއްދަތުތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000ރ.އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއް ނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް، މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލު ގެނައުމާއި، ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ އިތުރުން ގަސްދުގައި ގެއްލުން ދޭ މީހެއް ޖޫރިމަނާކޮށް އަދަބެއްގެ ގޮތުގައި 10،000ރ. އާއި 15،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެކަން ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އަދަބު ވަނީ ބޮޑުކޮށްފައެވެ.

Ads by Ooredoo
  1. ފާތުން

    މިއީ ޖޫރިމަނާ ސަރުކާރެއް ޖޫރިމަނާއިން ލިބޭ ފައިސާ އިން ސަރުކާރު ހިންގަނީ

    • ބުލް

      މި ނޫނަސް ގައުމުތައް ހުރޭ. މިހާ އުނދަގުލެއް ނޫން ކަންނޭނގެ އުޅޭކަށް

  2. ކިޔުން

    ލާރި ކާނެ ގޮތެއް ނުފެނިފަ…….

  3. އުދަބާނި

    ތިއައިގަވެސް ޖޫރިމަނާކުރާނީ ފަގީރުމީހާ ސިއާސީ ބޮޑެއްވެއްޖެއްޔާ މީހުން މަރަން ގޮވިއަސް ދަންޖައްސަން ގޮވިއަސް ބޮޑުވަރަކަށް ނަސޭހަތް ދޭނީ

  4. ީާއައބީ

    ކިހާވަރެއްމަދުވެގެން ތިއުޅެނީ.

  5. ޥިހޭ ކުއްޖާ

    ޖޫރިމަނާ ސަރުކާރު މިއީ. އިރު ކޮޅަކުން ޖޫރިމަނާ ކުރާނެ ނުވިހައިގެން އޮޕަރޭޝަން ކުރާ މީހާ ނޫނީ ވިހާ މީހުން.
    އުފަންވާ ކޮންމެ ކުއްޖަކަށް ދޭން ބުނި ހަދިޔާ ފޮށި ދީބަލަ މާ ރަނގަޅު ވާނެ.

    • ޙަދިޔާ

      ޙަދިޔާ ދެވެން އަންނަނީވެސް ޖޫރި މަނާކޮށް ގެން. ޥެން މަސް ވެނަށް. މި އަހަރު ތެރޭ މީހަކު ނުވި ހަންޔާ ހަދިޔާ ފޮއްޓެއް ދޭކަށް ނުޖެހޭނެ.

  6. ޖޫރިމަނާ

    ދެން ދުވަސްކޮްތެރޭ ބުނެފާނެ ކަލޭމެން މީހުނާ އިންނަންވެސް ޖޫރިމަނާ ވާނެއޭ.