ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިތުރު އީދު ނަމާދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ މުސްލިމުން ފިތުރު އީދު ދުވަސް މިއަދު ފެށީ އީދު ނަމާދުން. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުންކޮށްފައިވާތީ ބައެއް ގައުމުތަކުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވައިފައެއް ނުވޭ. މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި ކުރި އީދު ނަމާދުގައި ވެސް ބައިވެރިވީ ދެ ހަރަމްގެ މުވައްޒަފުން އެކަނި.