ވިޔަފާރިތައް ހުއްޓައިލާންވީ ކަމެއް، ކުރިއަށް ދާންވީ ކަމެއް ނޭނގޭ: ރެސްޓޯރެންޓްތަކުގެ ވެރިން

މީގެ އިތުރުން ހާމިދު ވިދާޅުވީ ރެސްޓޯރެންޓްތައް މިހާރު އޮތް ހާލަތުން ހަ ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ނެގުމުގެ ގާބިލުކަމެއް ނެތް ކަމަށާއި މި ވަގުތު ރެސްޓޯރެންޓްތަކަށް ބޭނުން ވަނީ ރިކަވަރީއަށް މާލީ އެހީތެރިކަމެއް ކަމަށެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދެވޭއިރު އިތުރު ލޯނުތަކެއް ނަގައިގެން ވިޔަފާރި ހިންގާނެ ގޮތެއް ނޭނގޭކަމަށް ވެސް ހާމިދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހިންގާ ސްޓިމިއުލަސް ޕްރޮގްރާމުތަކުން ވެސް ކެފޭ/ރެސްޓޯރެންޓް ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަމެއް ލިބިފައި ނުވާކަމަށް ރެމްއިން ބުންޏެވެ. މިިދިޔަ އަހަރު ހިންގި ޕްރޮގްރާމުން ލޯނު އެހީ ލިބުނީ އެންމެ ހަތަރު ރެސްޓޯރެންޓަށްކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ކޮވިޑާ އެކު، މާލީ ހާލަތު ގޯސްވުމުގެ ސަބަަބުން ފާއިތުވެދިޔަ 18 މަސް ދުވަހު ގިނަ ރެސްޓޯރެންޓްތަކުން ކުއްޔާއި ކަރަންޓް ބިލު ނުދެއްކި ވަނީ ދަރަނިވެރިވެފައެވެ.
އެއްވުމުގެ ބައިވެރިންގެ ޝަކުވާތަކުގެ ތެރޭގައި ލުއި ދިނުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެކަން އެފަރާތްތަކަށް ނާންގާ ކަމަށާއި އެހެން ކަންކަން ކުރުމުން ހުޅުވަން ތައްޔާރުވާން ނޭނގޭކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ދަތިކަމެއްކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.




.webp)

ކޮމެންޓް