ޚަބަރު

އިންޑިއާ ހިމެނޭހެން ސައުތު އޭޝިއާ ޤައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވައިލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެކުނު އޭޝިއާގެ ޤައުމުތަކުގެ މީހުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވައިލާން ނިންމައިފިއެވެ.

Ads by STELCO

މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް ޞާލިހް ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް އޮންނަ ފަރާތްތަކަށް ރާއްޖެ އާދެވޭނެ ގޮތަށް ބޯޑަރު ހުޅުވައިލުމަށް ނިންމައިފައިވާ ކަަމަށެވެ. އަދި ޖުލައި 12 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ހުޅުވައިލާން ނިންމަވައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ދެކުނު އޭޝިޔާގެ ޓޫރިސްޓުންނަށް ވެސް ރާއްޖެ އާދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސައުތު އޭޝިއާއިން މިހާރު އަޅުގަނޑުމެން މި ވަނީ އެއްވެސް ގޮތަކަށް މީހުން އައުން މަނާ ކޮށްފައި. އެ ލުއިތަކުގެ ތެރޭގައި ސައުތު އޭޝިއާގައި ހިމެނޭ ޤައުމުތަކުގެ މީހުންގެ ތެރެއިން ރާއްޖޭގައި ވޯކް ޕާމިޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅީ އުސޫލުގެ މަތިން ކަރަންޓީނު ކުރެވޭ ގޮތަށް، ރާއްޖެއަށް އައުމުގެ ފުރުސަތު ހުޅުވިގެން ދާނެ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ދޭން ނިންމައިފައިވާ ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާފިއު ގަޑި ރޭގަނޑު 8:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ކުޑަ ކުރުމާއި، ހުރިހާ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ކާފިއު ނޫން ގަޑިތަކުގައި ޑައިންއިން ޚިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް 2 މަސް ނުވާ ނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުކުުރެވޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!