Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިޔާއަކަށް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަކަށް ނުވަދެވޭނެ: އަބްދުالله ދީދީ

އިންޑިޔާއަކަށް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަކަށް ނުވަދެވޭނެ: އަބްދުالله ދީދީ
“އެމްބަސީގެ ކަރާމާތަށް ދެވޭ ހަމަލާއެއް” ހުއްޓުވުމަށް ކަމަށްބުނެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާއަކަށް ނުވަދެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ލޯކަލް ނޫސްތަކަށް ފިޔަވަޅު އެޅުމަށް އެދި އިންޑިޔާ އެމްބަސީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ފޮނުވި ސިޓީއެއްގެ ފޮޓޯ ރީޓްވީޓް ކުރައްވަމުން ފަނޑިޔާރު ޑރ. އަބްދުالله ދީދީ ވިދާޅުވީ  އެ ސިޓީގައި ޙަވާލާ ދެވޭ، ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ޑިޕްލޮމެޓިކް އިމިޔުނިޓީ ޙުއްޖަތަކަށް ހަދައިގެން އެ ކޮންވެންޝަންގެ41 (1) ވަނަ މާއްދާގެ ދަށުން އަދާކުރަން ޖެހޭ ވާޖިބުތަކުން ރެކުމުގެ ޙައްޤެއް އިންޑިއާ އެމްބަސީއަށް ލިބިގެން ނުވާ ކަމަށެވެ. 

ފަނޑިޔާރު ޑރ. އަބްދުالله ދީދީ ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި، ރާއްޖޭގެ ދާޚިލީކަންތަކުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ އެމްބަސީގެ  މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށާއި އެހެންކަމުން، “އެމްބަސީގެ ކަރާމަތަށް ދެވޭ ޙަމަލާއެއް” ހުއްޓުވުމުގެ ނަމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮ ނިޔަތުގައި އަދާކުރާފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުމަކީ ބުނެވުނު ކޮންވެންޝަންގެ 41 ގެ (1) އާ ޚިލާފަށް، އިމުޔުނިޓީ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ. 

އިންޑިޔާ އެމްބަސީން ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއާ މެދު ނޫސްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް