ޚަބަރު

ޒައިދަށް ވެސް ފިޔަވަޅު އަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިހް އަލީ ޒައިދަށް ވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިިފިއެވެ.

Ads by MWSC

ޝައިހް އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާ މެދު ފިޔަވަޅު އަޅައިފައިވާ ކަަމަށެވެ. އަދި ވަކީލު ކުރަނީ މާތްﷲއަށް ކަމަށާއި ބިރުވެތި ވަނީ ވެސް އެކަލާނގެއަށް ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

“އެމްއެންޔޫގަ އޮންނަނީ 5 ފިޔަވަޅު! އެއީ އަނގަބަހުން ނަސޭހަތްދިނުން، ލިޔުމުން ނަސޭހަތްދިނުން، އިންޒާރު، ސަސްޕެންޝަން އަދި ކަނޑާލުން. ކޮށްފައިވާ ޓްވީޓުތަކާ ގުޅިގެން ބާރު ސްޕީޑުގައި މިތަނުން 2 ފިޔަވަޅު އަޅުގަނޑަށް ވެސް އަޅައިފައި ވަނީ! ވަކީލް ކުރަނީ މާތްﷲ އަށް! ބިރުވެތި ވަނީ ވެސް އެކަލާނގެއަށް! “ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޒައިދަށް ފިޔަވަޅު އެޅުމުގެ ކުރިން އެމްއެންޔޫގެ ލެކްޗަރަރ ޝައިޚް ޢިޔާޟަށް ވެސް ވަނީ ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައެވެ.ޑރ.ޢިޔާޟް މަގާމުން ވަކި ކުރައްވައިފައި ވަނީ، އަންހެންކުދިން ޚިތާނުކުރުމާ މެދު އެމަނިކުފާނު ކުރެއްވި ޓްވީޓަކަށް ފަހު، އެމަނިކުފާނަކީ އެކަމަށް ހިތްވަރު ދޭ ބޭފުޅެއް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ނަމަވެސް ޑރ.ޢިޔާޟް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރަން އެއްވެސް އިރަކު ވަކާލާތު ނުކުރައްވާ ކަމަށެވެ.

  1. ރާއްޖެ މަންޖެ

    ޒައިދު ވިދާޅުވި ރަނގަޅު ވެރިކަން. ހަމަ ހަބޭސް

  2. ފަރުހާދު

    ޒައިދު އެންޑޯރޒް ކުރި ވެރިކަން ، ހެޔޮ ވެރިކަން . ނެތިން އެއްޗެއް ބުނާކަށް..