ޚަބަރު

ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ނުހެދުނަސް ކޮވިޑަށް ޓެސްޓު ކުރެވޭ: ޔޫއާރުޖީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ނުހެދުނަސް ކޮވިޑް-19އަށް ޓެސްޓް ކުރެވޭކަމަށާއި މިހާރު ވެސް  އެހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ކުރަމުންދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މީޑިޔާ ކޯޑިނޭޓަރ ހަސަން ފަޒީލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރ. އަތޮޅުގެ ގިނަ ރަށްރަށް މޮނިޓަރިންއަށް ލައިފައިވާކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ހަބަރު ފެތުރި ނަމަވެސް އެއީ ދޮގު ވާހަކައެއްކަމަށާއި އެއަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށުގެ ތެރެއިން މޮނިޓަރިންގައި އޮތީ އެންމެ ފަސް ރަށް ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އެހާ ގިނަ ރަށްރަށް ނުވެސް ނެތް މޮނިޓަރިންއަށް ލާފައެއް. 15 ރަށް އެބަ އޮތް މިއަތޮޅުގައި މީހުން ދިރިއުޅޭ. އޭގެ ތެރެއިިން 5 ރަށް މިއޮތީ މޮނިޓަރިންގައި. އުނގޫފާރު ވެސް ދެ މަސްވަންދެން މޮނިޓަރިންގައި އޮތުމަށްފަހު ވަރަށް ފަހުން މިނެގީ. އެހެންވީމަ އެކްޓިވް މޫވްމެންޓްސް މިވަނީ ގިނަވެފަ." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ ޕީސީއާރު ޓެސްޓު ނުހެދުނަސް ކޮވިޑް-19އަށް ޓެސްޓް ކުރެވޭ ކަމަށާއި މިހާރު ވެސް އެހޮސްޕިޓަލުގައި ޖީން އެކްސްޕާރޓް ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކުރަމުން ދާކަމަށެވެ. އަދި ޕީސީއާރ ނުހެދޭކަމަށް ބުނެ މީޑިޔާތަކުގައި ހަބަރު ފަތުރަނީ އެހެން މަގްސަދެއްގައިކަމަށް ފަޒީލް ވަނީ ވިދާޅުވެފައެވެ.

"ޕީސީއާރ ކަންތަކުގައި ދަންނަވަން ބޭނުމީ. ކޮވިޑަށް ޓެސްޓުކުރެވޭނެ ޕީސީއާރ މެޝިނު ނެތަސް. ޖީން އެކްސްޕާރޓް ބޭނުންކޮށްގެން ވެސް ކޮވިޑް ޓެސްޓް ހެދޭނެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ކުރަމުންދަނީ. އަޅުގަނޑުމެން މިހާރު ވެސް އެމެޝިން ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓު ކުރަން ޖެހިއްޖެ ހާލަތެއްގަ ކުރަމުން މިދަނީ" ފަޒީލް ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ފަޒީލް ވިދާޅުވީ ރ.އަތޮޅަކީ ބޮޑު އާބާދީއެއް އޮންނަ އަތޮޅަކަށް ވުމުން، އަތޮޅުން ނަގާ ހުރިހާ ސާމްޕަލްތަކެއް ޓެސްޓު ނުކުރެވޭކަމަށާއި ސާމްޕަލްތައް މާފަރާއި މާލެއަށް ވެސް ފޮނުވާކަމަށެވެ. އުނގޫފާރު ހޮސްޕިޓަލަކީ ބޮޑު ހޮސްޕިޓަލެއްކަމުން އިމަޖެންސީ ހާލަތްތަކަށް އިސްކަންދޭން ޖެހޭ އިރު އެހޮސްޕިޓަލުގައި ހުރި ޖީން އެކްސްޕާޓް މެޝިނުގައި އެވަރު ބޮޑު އާބާދީއެއްގެ ހުރިހާ ސާމްޕަލް ޓެސްޓު ކުރުމުގެ ކެޕޭސިޓީ ނުހުންނާނެކަމަށް ރައްޔިތުން ގަބޫލުކުރާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

"ރައްޔިތުން ގަބޫލުކުރާނެ މި ހުރިހާ ސާމްޕަލް ޓެސްޓް ކުރާނެ ކެޕޭސިޓީ މި މެޝިނުގައި ނުހުންނާނެކަން. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ބޮޑު ހޮސްޕިޓަލަކަށްވުމުން އެމަޖެންސީ ކޭސްތަކަށް އެބަ ޖެހޭ އިސްކަންދޭން. މިސާލަކަށް އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިމަޖެންސީ ސިޒޭރިއަން ހަދަން އަންނަ މީހާއަށް އަޅުގަނޑުމެން އެބަ ޖެހެއޭ އިސްކަން ދޭން ކަރަންޓީނުން ނިމެން ހުންނަ މީހާއަށް ވުރެ. އެހެން ނަމަވެސް ކޮވިޑަށް ވެސް ޓެސްޓް ކުރަމުން ހަމަ މިދަނީ އިމަޖެންސީ ހާލަތްތަކުގައި" އިތުރަށް މައުލޫމާތު ދެއްވަމުން ފަޒީލް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު ހާލަތު މަޑުމަޑުން ދަނީ ރަނގަޅުވަމުންނެވެ. އަދި ހާލަތު ގޯސްވެ މޮނިޓަރިންއަށް ލީ ރަށްރަށް މިހާރު މޮނިޓަރިންއިން ދަނީ ނަގަމުންކަން ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo
  1. ދިފާއު

    ދެން ހަމަ އެކައްޗެއްނު ތި ކިޔަނީ

    • ަނާޒިމު

      ދެން ކަލޭ ނުކިއީމަ ނިމުނިއެއްނު