ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު- ފޮޓޯ: މިހާރު

ހުޅުމާޅެ ފޭސް 2 ގައި ރަހީނުކޮށް މަރައިލުމަށް ފަހު ފޮށްޓަކަށް ލައި މޫދަށް އެއްލައިލައިފައި އޮތް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ މި ކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު 10:15ގައި އިންޑިއާގެ ޓްރިވެންޑްރަމްއަށް ފޮނުވައިލައިފައިވާ ކަމަށެވެ. ކުއްޖާގެ ހަށިގަނޑު ގެންދިޔައީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައެވެ.

13 އަހަރުގެ މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްްޖެއިން ބޭރަށް ފޮނުވައިލައިފައި ވަނީ ކުއްޖާގެ އާއިލާގެ ރުހުމާއެެކުގައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް މިހާރު އޮވެއެވެ.

މި ކުއްޖާ މަރައިލައިފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ، ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފައި މި ވަނީ މަރުވެފައި އޮއްވާ ފެނުނުތާ 19 ދުވަސް ފަހުންނެވެ. ފުލުހުން ވިދާޅުވީ ހަށިިގަނޑު ފޮނުވުން ލަސްވީ އޮފީސްތައް ބަންދުވުމާ އެކު އިދާރީގޮތުން ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ކުރަން ޖެހޭ މުއާމަލާތްތަކެއް ފުރިހަމަ ނުކުރެވިގެން ކަމަށެވެ.

ކުއްޖާ މަރައިލި މައްސަލައިގައި ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!