Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގްރޭންޑަރު ބުރަކުން ޖެހި މީހަކު ޒަހަމް ވެއްޖެ

ގްރޭންޑަރު ބުރަކުން  ޖެހި މީހަކު ޒަހަމް ވެއްޖެ
ތަށިމުށި ކަފާ ގްރޭންޑަރއެއްގެ ބުރެއް ފަޅައިގެން ގޮސް މީހަކު ޒަޚަމްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރައިންޑަރު ބުރު ކަރުގައި ޖެހި ރޭ ، ޒަޚަމްވެފައި ވަނީ އުމުރުން 47 އަހަރުގެ މީހަކަށެވެ. މި ހާދިސާ ހިނގައިފައި ވަނީ ށ.ކަނޑިތީމުގައއެވެ. މިހާދިސާގައި ޒަހަމްވި މީހާގެ އާއިލާ މީހަކު “ދެން”އަށް މައުލޫމާތު ދެމުން ބުނީ ގުރައިންޑަރު ބުރުން ޖެހި ކަރުން 2 އިންޗިއެއްހާ ތަން ކަފައިގެން ގޮސް ހުރި ކަމަށާއި ޒަޚަމްވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. “އަނބިމީހާއާއި ދަރިފުޅާ އެކު ކަރަންޓީނުގައި ހުރީ ، އެ ގޭގެ މަސައްކަތެއް ކުރަން އުޅުނީ. އަސްލު ވީގޮތެއް ނޭނގެ. އައިޖީއެމްއެޗުން ބަލާފަ ބުނީމަ ދެން އެނގޭނީ ލިބުނު އަނިޔާގެ ތަފްސީލް” އާއިލާގެ ފަރާތުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގައިފައި ވަނީ މުށިޖަހަން ވެގެން މުށި ކަފަން އުޅުމުގެ ތެރޭގައި ގްރޭންޑަރުގައި ހަރުކޮށްފައިވާ ދަގަނޑު ބުރު ފަޅައިގެން ގޮސްގެންނެވެ.

ތަށިމުށި ކަފަން ގެންގުޅޭ ގްރޭންޑަރ ބުރު ނެއްޓި މީގެ ކުރިން ވެސް ރާއްޖޭގައި މިފަދަ ހާދިސާތައް މަދުމަދުން ނަމަވެސް ހިނގައިފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނައަށް ވެސް ނުރައްކާވާ ފަދަ ޒަހަމްތައް ލިބިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް