Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެވަނަ ޑޯޒް ޖެހުމުގައި އަމަލު ކުރަންވީ ގޮތް ހިއްސާކޮށްފި

ދެވަނަ ޑޯޒް ޖެހުމުގައި އަމަލު ކުރަންވީ ގޮތް ހިއްސާކޮށްފި

ކޮވިޑް19އިން ދިފާއުވުމަށް ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު ހުޅުވައިލައިފައިވާ އިރު ވެކްސިން ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހައްދާނެ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކިޔައިދީފިއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭގެ ލިންކް book.hpa.gov.mv އަށް ދިޔުމަށް ފަހު ވެކްސިން ޖަހަން ބޭނުންވާ މީހާއާ ބެހޭ މައުލޫމާާތު ފުރިހަމަ ކުރުމަށާއި އެއަށް ފަހު އެޕޮއިންޓްމަންޓް ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއެއް ލިބޭނެ ކަމަށާއި އެ އެސްއެމްއެސް ވެކްސިން ސެންޓަރަށް ދަައްކަން ޖެހޭނެކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ވަގުތުގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދާން ޖެހޭނެކަމަށާއި ގަޑިއަށް ހާޒިރު ނުވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އެޕޮއިންޓްމަންޓް ކެންސަލްވުމުން ދެން ޖެހޭނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހައްދަންކަމަށް ވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު އަދި ހުޅުވައިލައިފައި ވަނީ މި 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗް މަހު ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް