ޚަބަރު

މަހުލޫފް ސަސްޕެންޑްގައި ހުއްޓާ ރާއްޖެއިން އޭއެފްސީ ކަޕަށް ބިޑް ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފު މަސްޢޫލިއްޔަތުތަކުން ދުރުކުރެވިފައި ވަނިކޮށް އެފްއޭއެމުން އޭއެފްސީ ކަޕަށް ބިޑް ކޮށްފިއެވެ.

Ads by STELCO

އެފްއޭއެމުން އޭއެފްސީ ކަޕަށް ބިޑް ކޮށްފައި ވަނީ، މަހްލޫފުގެ ނިންމެވުމަކާ ހެދި އެފްއޭއެމަށް އޭއެފްސީގެ އަދަބެއް އައުމުގެ ބިރު ހީވެފައިވަނިކޮށެވެ. ކުރިން މާލޭގައި ބާއްވަން އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ މެޗުތައް މަހްލޫފުގެ ނިންމެވުމަކާ ގުޅިގެން އޭއެފްސީން ކެންސަލްކޮށް އަލުން ބިޑު ހުޅުވައި، މި ބިޑު ހުޅުވައިލި މުއްދަތު ހަމަވެފައި ވަނީ އިއްޔެއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން ބިޑު ހުޅުވާލި މުއްދަަތު ހަމަވެފައިވާއިރު، ބިޑް ހުށަހަޅައިފައި ވަނީ ރާއްޖެއިންނާއި ބަނގްލަދޭޝްއިންނެވެ.

މިދިޔަ މެއި މަހު މާލޭގައި އޭއެފްސީ ޕްލޭ އޮފް މެޗެއް ކުޅުމަށް އައި އިންޑިޔާގެ ބެންގަލޫރު ޓީމު ކަރަންޓީނު އުސޫލާ ޚިލާފުވުމުން ރާއްޖޭން ފުރައިގެން ދިޔުމަށް ވިދާޅުވެ މިނިސްޓަރ މަހުލޫފު ވަނީ ޓުވީޓު ކުރައްވައިފައެވެ.

މިނިސްޓަރުގެ މި ނިންމެވުމާ މެދު އެފްއޭއެމާއި އޭއެފްސީން ހިތްހަމަ ނުޖެހުނުކަމަށް މައުލޫމާތު ލިބިފައިވާއިރު، މިނިސްޓަރުގެ އެ ކުއްލި ނިންމުން ވެގެން ދިޔައީ އޭއެފްސީއަށް ވެސް އަދި ބެންގަލޫރު ޓީމަށް ވެސް ލިބުނު ކުއްލި ސިހުމަކަށެވެ. އަދި މިނިސްޓަރުގެ މި ނިންމެވުމާ ގުޅިގެން މާޒިޔާއިން ވެސް ހިތްހަމަ ނުޖެހިފައިވާއިރު، އެ ނިންމެވުމުގެ ސަބަބުން މާޒިޔާއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!