Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރަންޓީނުގައި ހުރި މީހަކު ފުލުހުންގެ އިދާރާއަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކޮށްފި

ކަރަންޓީނުގައި ހުރި މީހަކު ފުލުހުންގެ އިދާރާއަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކޮށްފި

ރ. އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު، ކަރަންޓީނު އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ އެ ރަށުގައި ހުރި ފުލުހުންގެ އިދާރާއަށް ގެއްލުން ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު، ކަރަންޓީނު އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ، އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ މައްސަލައަކާ ގުޅިގެން އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެމީހާ ވަނީ 10،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި އިނގުރައިދޫ ފުލުހުންގެ އިދާރާއަށް ދިން ގެއްލުމުގެ ތެރޭގައި އެ މީހާ ވަނީ އެ އިދާރާގެ ބިއްލޫރިގަނޑުތައް ވެސް ތަޅައިލައިފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް