ޚަބަރު

މާސްކް ނާޅާ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ފުލުހުން އާއްމު ކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު މިހާރު ގިނަ ބަޔަކު ތިބީ އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަ ދުވަހެއްގެ އިންތިޒާރުގައެވެ. މިހެން ތިއްބާ ފުލުހުން މިއަދު ވަނީ މަޖާޒީ ގޮތަކަށް މާސްކް ނާޅާ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ކަމަށް ބުނެ، ހުސް ގަނޑެއްގެ ފޮޓޯއެއްް ޓްވީޓްކޮށްފައެވެ.

Ads by MWSC

ބެލެވޭ ގޮތުގައި މިގޮތަށް ޓްވީޓްކޮށްފައި ވަނީ މާސްކް އެޅުން އަދިވެސް މަޖުބޫރުކަން އެންގުމުގެ ގޮތުންނާއި އެކަމަށް ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.

އިއްޔެ މާލޭގައި ހިންގަމުން އައި ކާފިއު އުވައިލައި، ދަތުރުު ކުރުމުގައި ލުއިތަކެއް ވަނީ ދީފައެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. މިގޮތުން ބޭރުގައި އުޅޭ ވަގުތު ތަކުގައި ވެކްސިން ފުރިހަމަކޮށްފައި ވާނަމަ މާސްކް އަޅަން އެމެރިކާގައި ވެސް މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް މާސްކް އެޅުމަށް ބާރު އަޅައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާސްކް އެޅުމުން ބަލި ފެތުރޭ މިންވަރު ދަށްކޮށްދެއެވެ. މިގޮތުން ބަލި ޖެހިފައި ހުންނަ މީހުން ކެއްސާއިރު ވައިގެ ތެރެއަށް ވައިރަސް ދޫވުމުގެ ފުރުސަތު ، މާސްކު އަޅާ ނަމަ 80 އިންސައްތަ ކުޑަކޮށްދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!