Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަފުރަތު ބިލަކީ ސެކިއުލަރ ގައުމަކަށް ރާއްޖެ ހެދުމުގެ ފެށުން: ރެޑްވޭވް ސަލީމް

ނަފުރަތު ބިލަކީ ސެކިއުލަރ ގައުމަކަށް ރާއްޖެ ހެދުމުގެ ފެށުން: ރެޑްވޭވް ސަލީމް
ނަފުރަތު ބިލުގެ މަައިގަނޑު މަޤުސަދަކީ ރާއްޖެ ސެކިއުލަރ ގައުމަކަށް ހެދުން ކަމަށާއި، އެ ބިލަކީ އެކަމުގެ ފެށުން ކަމުގައި އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގައި މިއަދު ނަފްރަތު ބިލާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގައި އެ ބިލުގެ މަގްސަދަކީ ލާދީނީ ގޮވުން ހުއްޓުވުން ކަމުގައި ނަމަވެސް ހަގީގަތުގައި ނަފްރަތު ބިލުގެ ހަގީގީ މަގްސަދަކީ ރާއްޖެ ސެކިއުލަރ ގައުމަކަށް ހެދުން ކަމަށާއި މި ބިލަކީ އެ އެކަމުގެ ފެށުން ކަމަށެވެ.
އެކަންތައްތައް ކުރީ ވަރަށް ސިއްރިއްޔާތުގަ މީހުންނަށް ނޭނގޭ ގޮތަށް. އެއީ ޔަހޫދީން ވެސް ކަންތައް ކުރާ ގޮތް
ސަލީމް ވިދާޅުވީ އެގޮތުގެ މަތިން މިއީ އެމްޑީޕީން ކުރި ކުޑަކުޑަ ކަމެއް ކަމަށާއި، ދެން އަންނަން އޮތް ކަންތައް މިއަށް ވުރެ މާ ބޮޑުވާނެ ކަމަށެވެ. އަދި ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވަމުން އައިސް މުޅި ނިޒާމު ބަދަލު ކޮށްލާނެ ކަމަށާއި، މިއީ މުޅި ދުނިޔޭގައި ވެސް މިކަން ހިނގާ ގޮތް ކަމަށް ވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މައްސަލަ ބޭރުކޮށްލަން ނިންމި ކަމަށާއި ރާއްޖެއަށް ސެކިއުލަރ ނިޒާމް އައުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. ނަފުރަތު ބިލާ ދެކޮޅަށް މިއަދު މަޖިލީހުގައި ތިން މެމްބަރަކު ވޯޓު ދެއްވުމާއެކު އެ ބިލު ވަނީ އަނެއްކާ ވެސް އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ. ޖުމުލަ 39 މެމްބަރުން ވޯޓު ދެއްވިއިރު ތިން ބޭފުޅަކު ވަނީ ބިލާ އިދިކޮޅަށް ވޯޓު ދެއްވައިފައެވެ. ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު އަނބުރާ ފޮނުވައިލާން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީން ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ބިލު ސްޕޮންސާކުރުމަށް ފަހު ބިލުގެ ދިފާއުގައި ނުނިކުންނަވައި ބިލު ހުށަހެޅުއްވި ހިސާން ނުރައްކަލަށް ހުށަހެޅުއްވި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް