Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިއުމަން ރައިޓްސް ޕްރިއޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

ހިއުމަން ރައިޓްސް ޕްރިއޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތް އިނގިރޭސި ވިލާތުން ބަލައިގަނެ، އެ ގައުމުގެ ހިއުމަން ރައިޓްސް ޕްރިއޯރިޓީ ލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފިއެވެ. އިނގިރޭސި ވިލާތުން ވިޔަފާރިތަކާއި އަދި އެހެނިހެން ގުޅުންތައް ގައުމުތަކާ ބޭއްވުމުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ރިއާޔަތް ކުރެއެވެ. އެގޮތުން މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރިއޯރިޓީ ލިސްޓުން ރާއްޖެ އުނި ކުރުމާ އެކު އިނގިރޭސި ވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ފުރުސަތު ފަހި ވެގެން ދާނެއެވެ. އިންސާނީި ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސަތުގެ އެއް ތަނބެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭ ވަނީ މި ސަރުކާރުން އިންސާނީި ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ދާއިރާއިން ހޯއްދަވައިފައިވާ ކާމިޔާބީ ފާހަގަ ކުރައްވައިފައެވެ.
މިއަހަރު ދިވެހިރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައި ވަނީ ބުރުންޑީއެވެ. އަދި ލިސްޓަށް އިތުރުކޮށްފައި ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް