Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑރ.ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކޮށްފި

ޑރ.ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކޮށްފި

ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ.

އަމިއްލަ ވެބްސައިޓް ރަސްމީކޮށް އިފްތިތާހު ކުރެއްވިކަން ހާމަކުރައްވާ މިއަދު ޑރ ޝަހީމް ވިދާޅުވީ، މި ވެބްސައިޓް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތުގެ އަސާސްތައް ކުރިއަރުވައި އިޞްލާޙީ ފިކުރީ މަސައްކަތް ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، މިފަދަ ވެބްސައިޓެއް އުފައްދައި ޢިލްމީ، އިދާރީ، އިޖުތިމާޢީ، ބައިނަލްއަޤުވާމީ ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް ޖަމާކުރުމަކީ މީގެ އަހަރުތަކެއް ކުރިން ވެސް އެމަނިކުފާނު ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނެކަން ފާހަގަ ކުރައްވައި ޑރ ޝަހީމް ވިދާޅުވީ، ފޮތްތަކާއި ތަޤުރީރުތަކާއި ދީނީ ލެކްޗަރތަކާއި ޢިލްމީ ލިޔުންތަކާއި ދިރާސާތައް ޕަބްލިޝްކުރެވޭނެ ކަމަށާއި އަދި ވަކިން ޚާއްޞަކޮށް ޢިލްމީ ދާއިރާގެ މަސައްކަތްތަކަށް އިސްކަންދީ އެ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް