ޚަބަރު

މޮނިޓަރިންގައި އޮތަސް ވެކްސިން ފުރިހަމަކޮށް ، ކޮވިޑަށް ނައްސި ނަމަ ކަރަންޓީނުން ވީއްލަން ޖެހޭނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މޮނިޓަރިންއަށް ލައިފައި އޮތް ރަށެއްގައި ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ނައްސި ނަމަ ކަރަންޓީނުން ދޫކޮށްލަން ޖެހޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެއްވެސް ލުޔެއް ނެތްހެން ކުއްލިއަކަށް ބޮޑު ލުއިތަކެއް އިއުލާން ކުރުމާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާ ވަނީ އެޗްއީއޯސީއަށް އަމާޒުވެފައެވެ. އެހެން ކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް އެޗްއީއޯސީން ވަނީ އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ.

އެގޮތުން އެ އޭޖެންސީން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ނައްސި ޕީސީއާރެއް އޮތްނަމަ ކަރަންޓީނު ވުމަކާ ނުލާ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އަތޮޅުތަކުގެ ފޯކަލް ޕޮއިންޓުތަކަށް އެޗްޕީއޭއިން އެންގީ މޮނިޓަރިންގައި އޮތް ރަށްރަށުގައި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނީ އެމީހަކު ހުރި ރަށެއްގެ މީހުން ކޮވިޑަށް ފައްސިވާ މިންވަރު މަދު ނަމައެވެ. މިވަގުތު މާލެގައި ފައްސިވާ ރޭޓު ދަށްވުމުން މޮނިޓަރިންގައި ނެތް ރަށްރަށަށް މާލެއިން ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ކަރަންޓީނު ވުމަކާ ނުލާ ދަތުރު ކުރެވޭނެއެވެ.

Ads by HDC
  1. ފާއިޒު

    ތާކުންތާކުނުޖެހޭ ޤަވާޢިދެއް ބޯގޯސް ބައެއް

  2. މަރުވާން

    މުޅީން ތަފާތު ގއ ވިލިނގިލި ހިފެހެއްޓުން ވަނީ ބޮޑު ކާފިއު ގަޑިވަނީ އިތުރު 2ޑޯޒް ޖެހިޔަސް މަސްދުވަސްވިޔަސް ލުޔެއްނުލިބި އަތޮޅުގެ އެހެން ރަށް ރަށުގެ މީހުންނައް ނާދެވޭމިރަށަށް މިރަށުން އެހެމް ރައްރަށަށް ނުދެވޭ.މާލެއިން ދެޑޯޒް ޖަހާގެން ޕީސީއާރހަދާގެން މިރަށަށް އައިސް ފަނަރަ ދުވަހު ކަރަންޓީނުގައި