Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވެސްޓިން ރިސޯޓުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފި

ވެސްޓިން ރިސޯޓުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފި

ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވް ކައިރީގައި ތަރައްޤީކޮށްފައިވާ "ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު"ގެ މުވައްޒަފުން ތުނބުޅި ބެހެއްޓުމަށް ހުއްދައަށް އެދުމުން އެކަމަށް ހުއްދަ ދީފިއެވެ.

އެ ރިސޯޓުން އެގޮތަށް ހުއްދަ ދިނީ އެ ރިސޯޓުގެ މުވައްޒަފުން ތުނބުޅި ބެހެއްޓުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުންނެވެ.

މިއީ ބޭރު ކުންފުނިތަކުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ތުނބުޅި ބަހައްޓަން ހުއްދަ ދިން ފުރަތަމަ ރިސޯޓުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Advertisement
Ooredoo — Truecaller (box)

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފައި ވާތީ އެ ރިސޯޓުގެ ޕޮލިސީ ބަދަލުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ، މިކަމުގެ ސަބަބުން ފަތުރުވެރިކަމަށާއި ރިސޯޓު މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ބޭރު ކުންފުންޏަކުން ހިންގާ ރިސޯޓަކުން އެ ހުއްދަ ދެވޭއިރު އެހެން ރިސޯޓުތަކަށް ވެސް އެ ގޮތަށް ޕޮލިސީ ބަދަލު ކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް