Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ!

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފައި ވަނީ މިއަދު މެންދުރު 2:00 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ބަޔާނުގައި ސޮއި ކުރެއްވުމަށެވެ.

Advertisement
HDC — Sidebar (box)

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ބޭފުޅެއް ކަމަށްވާ އާސިފް ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރު ކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ގުރޫޕް ދެބައިވެ ސަޕޯޓަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ފިލުވާލުމުގެ ގޮތުން ކަމަށެވެ.

އާސިފް ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި މައްސަލަ ޖެހޭ ކޮންމެ ފަހަރެއްގައި ކަންކަން ހިނގާ ގޮތް ކަމަށާއި މިފަހަރު ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެއްވެސް އޮއްޓަރު ހުރި ކަމެއްގައި ނޫން ކަމަށެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް