Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނާޒިމް އިސްވެ ހުންނަވައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަނީ!

ނާޒިމް އިސްވެ ހުންނަވައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަނީ!

ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.

ނާޒިމް އުފައްދަވާ މި ސިޔާސީ ޕާޓީއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ، ނާޒިމްގެ އެންމެ ގާތް ރަހުމަތްތެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒެވެ.

މީގެ އިތުރުން ނާޒިމާއި ރިޔާޒުގެ އިތުރުން މަޖިލީހުގެ ތިން މެމްބަރަކު އެ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެއީ ކޮން ތިން މެމްބަރުން ކަމެއް އެނގިފައެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

ނާޒިމާއި ރިޔާޒަކީ ވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. އަދި ރައްޔިތުން މަޖިލީހަށް ދެ ބޭފުޅުން ވެސް އިންތިހާބުވީ، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެންނެވެ. އަދި މިއަދު ވެސް ތިއްބެވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ގޮތުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީ ރެޖިސްޓާ ކުރުމުގެ ހުއްދަ ހޯދުމަށް އިލެކްޝަން ކޮމިޝަނަށް މި މަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނާޒިމަކީ ރައީސް ޔާމީނުގެ ކުރީގެ ޑިފެންސް މިނިސްޓަރެވެ. ނާޒިމް ވަނީ ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް