ޚަބަރު

ދިގު އިންތިޒާރަކަށް ފަހު ހިންމަފުށި "މިނިވަން" ވުމުގެ މަގުމަތީގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިންމަފުށި/ ފޮޓޯ ފޭސްބުކް

ކޮވިޑް19ގެ ވޭދަނަތަކެއް ފެނި މޮނިޓަރިންއަށް ލީތާ 84 ދުވަސްވެފައިވާ ހިންމަފުށި ވީ އެންމެ މޮނިޓަރިންއިން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

Ads by Hajj Corporation

"ދެން" އަށް މައުލޫމާތު ދެއްވަމުން ހިންމަފުށި ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ މިވަގުތު ރަށުގައި ބަލި ޖެހިފައި ތިބީ އެންމެ ދެމީހުން ކަމަށާއި އެމީހުން ވެސް މިއަދު ނޫނީ މާދަން ވީއްލޭނެ ކަމަށެވެ.

"މިވަގުތު ބަލި ޖެހިފައި ތިބީ އެންމެ 2 މީހުންނަށް. އެމީހުން ވެސް މިއަދު ނޫނީ މާދަން ނިމޭނެ. ރެންޑަމް ސާމްޕަލްތައް ވެސް ނެގަޓިވް. އުއްމީދު ކުރަނީ ވެސް މަސައްކަތްް ކުރަނީ ވެސް ވީ އެންމެ އަވަހަކަށް ރަށް މޮނިޓަރިން އިން ނެގުމަށް" ފާއިޒް ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ފާއިޒް ވިދާޅުވީ އެރަށުން ޖުމްލަ 913 މީހަކަށް ބަލި ޖެހުނު ކަމަށާއި ރަށުގެ އާއްމު ހާލަތު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށެވެ.

ހިންމަފުށި މޮނިޓަރިންއަށް ލައިފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ރަށް މޮނިޓަރިންގައި އޮންނަތާ 84 ދުވަސްވެއްޖެއެވެ. ކޮވިޑް ކޭސްތައް މައްޗަށް ދިއުމުން އެ ރަށުގައި ކާފިއު ވެސް އިއުލާނު ކޮށް އެއްވެ އުޅުމާއި ބޭރަށް ނުކުތުން ވެސް މަނާކުރިއެވެ. އެ ރަށް މޮނިޓަރިންއަށް ލައިފައި ވަނީ  އެ ރަށުގައި ހުންނަ ޑުރަގު ރީހެބުން ބަޔަކު ފައްސިވުމާ ގުޅިގެންނެވެ.

 

Ads by Ooredoo
  1. ޑުރަގު

    ޑުރަގު ރިހެބުންތަ ފައްސި ވީ ނޫނީ އައްސޭރި ޖަލުންތަ.