Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖަލުތަކުގައި ކޮވިޑް ފެތުރުން ހުއްޓުވިއްޖެ, ހަރަކާތްތެރި އެއްވެސް ވޭދަނައެއް ނެތް

ޖަލުތަކުގައި ކޮވިޑް ފެތުރުން ހުއްޓުވިއްޖެ, ހަރަކާތްތެރި އެއްވެސް ވޭދަނައެއް ނެތް

ޖަލުތަކުގައި ކޮވިޑް-19 ފެތުރުން ހުއްޓުވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޖަލެއް ވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށެވެ.

މީގެ އިތުރުން ޖަލަށް ޒިޔާރާތް ކޮށްގެން އާއިލީ ބައްދަލުވުންތަކާއި ވަކީލުންނާ އެކު ބާއްވާ ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހަފްތާ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް ވަރަށް އަވަަހަށް އާންމު ކުރެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ޖަލުތަކުގެ އަދާހަމަ ހިއްސާ ކުރައްވަމުން “ދެން”އަށް ވިދާޅުވީ މިހާރު އެއްވެސް ޖަލެއްގައި ހަރަކާތްތެރި ވޭދަނައެއް ނެތް ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް