Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕާޓީއެއް އުފައްދަން އަބްދުالله ކަމާލުއްދީން ހުށަހެޅި ފޯމު އިލެކްޝަނުން ބާތިލުކޮށްފި

ޕާޓީއެއް އުފައްދަން އަބްދުالله ކަމާލުއްދީން ހުށަހެޅި ފޯމު އިލެކްޝަނުން  ބާތިލުކޮށްފި
ޕާޓީއެއް އުފައްދަން ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަމަ ނުވާތީ އަބްދުالله ކަމާލުއްދީން ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކޮށްފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. މީގެ ތިން ދުވަސް ކުރިން ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ހަމަކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ މައުމޫންގެ އެމްއާރުއެމްއެވެ. އެއީ ރަޖިސްޓަރީ ކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް