Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މެއިމަހު ވެކްސިން ޖެހި މީހުން ދެވަނަ ޑޯޒަށް އެޕޮއިންޓްމަންޓް ހައްދަން ހުޅުވައިލައިފި

މެއިމަހު ވެކްސިން ޖެހި މީހުން ދެވަނަ ޑޯޒަށް އެޕޮއިންޓްމަންޓް ހައްދަން ހުޅުވައިލައިފި

މިދިޔަ މެއި މަހު ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް މިހާރު ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެެވެ،

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން މެއި މަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ވެކްސިން ޖަހާ ގަޑިތަކުގެ ތެރެއިން އެމީހަކަށް ފަސޭހަ ގަޑިއަކު ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.

https://twitter.com/hpa_mv/status/1415361107150004234?s=24

Advertisement
Allied Insurance — Square (box)

 

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mvއަށް ދިއުމަށް ފަހު މީހާއާ ބެހޭ މަޢުލޫމާތު ފުރިހަމަކޮށް އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށް ވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު ވެކްސިން ޖެހުމުގެ ކިއޫތައް ދިގުވެ މިހާރު ވެކްސިން ޖެހެނީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. އެހެން ނަމަވެސް ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑައިލާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓައިލާނެ ކަމަށާއި އީދު ބަންދަށް ފަހު ވެކްސިން ޖަހަން އަލުން ހުޅުވައިލާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް