ޖިންސު ބަދަލުކުރުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް: ޝަހީމް
ޖިންސު ބަދަލުކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ފިރިހެނަކަށްވާ ހިތުން މީގެ ކުރިން އުޅުނު ދިވެހި އަންހެނަކު، ރާއްޖެއިން ބޭރަށް ގޮސް ޖިންސީ ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށް އެކަން އޭނާ އަމިއްލައަށް އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސު ބަދަލުކުރުމަކީ މާތް ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއް ކަމަށާއި ކުރީގެ ސަމާވީ ޝަރީޢަތެެއް ވެސް އެ ޢަމަލު ހުއްދަކޮށްފައި ނުވާ ކަމަށެެވެ. އަދި އެ ޢަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި ޢަމަލެއް ކަމަށާއި އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އައިމިނަތު އީނާސް ނަމަކަށް ކިޔާ ދިވެއްސަކު ވަނީ ޖިންސީ ގުނަވަން ބަދަލުކޮށް ފިރިހެނަކަށް ވެފައިވާކަން އިޢުލާން ކޮށްފައެވެ. އެ އަންހެން މީހާ އެކަން އިއުލާންކޮށްފައި ވަނީ ޓިކްޓޮކް މެދުވެރިކޮށް މީގެ ދެ ދުވަސް ކުރިންނެވެ. މީސް މީޑިއާގައި މިކަމަށް ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ޖިންސް ބަދަލުކުރި، ނޫން ( ޖިންސީ ގުނަވަން ބަދަލުކުރި) އަންހެނާ އަށް ބުނެލަން އޮތީ،
“މިތާ މިތިބޭ ދުވަސްކޮޅުގައި ސަވާރުވެގެން ހަވާނަފްސަށް
ހިތާހަށި އެދުނުހާ މަގަކުން، ތެދޭމަކޮޔާ ދުވެވިދާނޭ” އެކަމަކު ތިބާ ޚަލްޤުކުރެއްވި ފަރާތަށް ޗެލެންޖްކޮށް ލަޢުނަތް ލިބިގެންވާ ޙާލު މަރުވެގެން ދިއުމުން، އަލުން ދިރުއްވާ މަޙުޝަރުކުރެވޭދުވަހުގެ ހުރި ބިރުވެރި ކަމާމެދުއަޅެ ފަހެ ކުޑަކޮށްވެސް ނުވިސްނަންތޯއޭ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެ!
މި ދުނިޔެއަށް އާދެވުނީ އަމިއްލަ ބާރާކު ނޫން. މި ދުނިޔެއާ ވާކިވާން ޖެހޭނީ ބޭއިޚްތިޔާރުގަ. އަހަރުމެންގެ ބާރުގަ ހަމައެކަނި އޮތްހާވެސް އެއްޗަކީ ކުރެވޭ ޢަމަލުތަށް. އެ ނޫނީ މި ދުނިޔެމަތީ އަމިއްލަ އިޙްތިޔާރު އޮތް އެއްކަމެއްވެސް ނެތް. ހުރިހާ މަޙްލޫގުންގެ ވެރި ﷲ އަށް ގޮންޖަހަން އަހަރުމެންމީ ކޮންބައެއް؟