ޚަބަރު

ލައިސެންސާ އެކު ދޫކުރާ 100 ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ނަމަ ލައިސެންސް ބާތިލު ކުރަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
Police, Male' Maldives

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން ދޫކުރާ ކޮންމެ ލައިސެންސްއަކާ އެކު 100 ކްރެޑިޓް ޕޮއިންޓް ދޭން ނިންމައި، ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ނަމަ އެމީހަކަށް ދޫކޮށްފައިވާ ލައިސެންސް ބާތިލުވާ ގަވައިދެއް އާންމުކޮށްފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން ރޭ ގެޒެޓް ކުރި އައު ގަވާއިދުގައި ބުނެފައި ވަނީ ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނި ކުރެވޭނެކަމަށާއި ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހެއްގެ ލައިސަންސް ބާތިލުވާނެ ކަމަށެވެ.

އެ ގަވައިދުގައިވާ ގޮތުގައި އާންމު ފަރާތަކުން ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށް ވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފި ނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވާނެއެވެ. ސަބަބަކީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނި ވާތީއެވެ.

މީގެ އިތުރުން އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި، ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ބާތިލުކުރާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސް ފަހުން ކަމަށެވެ.

ކްރެޑިޓް ޕޮއިންޓު އުނިކޮށްގެން ލައިސަންސް ބާތިލުކޮށްފި ނަމަ އަލުން ލައިސެންސް ހެދުމަށް ތިއަރީ އިމްތިހާނު އަދި ޕްރެކްޓިކަލް އިމްތިހާނުފަދަ ހުރިހާ އިޖުރާއަތްތަކެއް އަލުން ފުރިހަމަ ކުރަންޖެހޭނެއެވެ.

އާ ގަވާއިދުގެ ދަށުން ދެން ކްރެޑިޓް ޕޮއިންޓް އުނިވާ އެހެން ބައެއް ހާލަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާ ނުވަތަ ހަށިގަނޑަށް ގެއްލުންވާ ހާލަތްތައް ހިމެނެއެވެ.

  1. ާމާކު

    ޢަހަރެން ބޭނުން ޢަހަރެންގެ ލައިސެންސުގަ ކިތަށް ފޮއިންޓު ޢިންތޯ ބެލޭނެ ޕޯޓަލް އެއް ގާ އިމް ވެފަ ހުންނަން