Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޭންކޭން އެސްސީ އަތުން ޓީމް މޮޖީޓޯއަށް ފަސޭހަ މޮޅެއް

ކޭންކޭން އެސްސީ އަތުން ޓީމް މޮޖީޓޯއަށް ފަސޭހަ މޮޅެއް

ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއާއި ނ.މާފަރު ކައުންސިލާ ގުޅިގެން މާފަރުގައި ކުރިއަށް ގެންދާ އަޟްހާ ވޮލީ ކަޕް 2021ގައި ކޭންކޭން އެސްސީއާއި ޓީމް މޮޖީޓޯ ބައްދަލު ކުރި މެޗު ޓީމް މޮޖީޓޯއިން ފަސޭހަކަމާ އެކު ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ޓީމް މޮޖީޓޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުގެ ހުސައިން ރައްޒާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން އޭނާ ވަނީ 20 ޕޮއިންޓް ޓީމް މޮޖީޓޯއަށް ހޯދައިދީފައެވެ.

މެޗު ޓީމް މޮޖީޓޯއިން މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އެ ޓީމުން 25-7 އިން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-16 އިންނެވެ.

Advertisement
Ooredoo — Truecaller (box)

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް މޮޖީޓޯގެ ޖާރޒީ ނަންބަރު 10 ހުސައިން ރައްޒާންއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ “ދެން އޮންލައިން” އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ރެޑްވޭވެވެ. މީގެ އިތުރުން ސްޕޮންސަރުތަކަށް ބަލާއިރު މައި ސްޕޮޓް، އެވިއާ މޯލްޑިވްސް، ސިނާން ގްރޫޕް، ލުލީ މާރޓް، ކެފެނޭޓް ރޯޔަލް، ރިސްކް އެލްމިނިއަމް، ޓީލް ޗޮއިސް، ދޮން ގޮއްޔެ އަދި ހޯޕް ޓްރެވަލްސް ހިމެނެއެވެ. އަދި ނ.އަތޮޅު ކައުންސިލުން ވެސް ވަނީ މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޓީމް މޮޖީޓޯއާއި ޓީމް އެމްވައިއޭއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހަވީރު 4:00ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 7000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް