Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަފުރަތުގެ ބިލަކީ ވަކިބައެއްގެ ފިކުރީ މިސްރާބުގެ ނާރެސްކަން މިއަދު ކަށަވަރުވެއްޖެ: ޝެއިހް ސަމީރު

ނަފުރަތުގެ ބިލަކީ ވަކިބައެއްގެ ފިކުރީ މިސްރާބުގެ ނާރެސްކަން މިއަދު ކަށަވަރުވެއްޖެ: ޝެއިހް ސަމީރު

ނަފުރަތުގެ ބިލަކީ ވަކި ބައެއްގެ ފިކުރީ އަދި މަންހަޖީ މިސްރާބުގެ ނާރެސްކަން މިއަދު ދިވެހި ރައްޔިތުންނަށް ކަށަވަރު ވެއްޖެކަމުގައި ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލް ފާސްކުރަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ މިދަނޑިވަޅުގައި ޝެއިހް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފުރަތުގެ ބިލަކީ ހަމައެކަނި އޭގައިވާ ކުރު ޢިބާރާތްކޮޅު ނޫން ކަމަށެވެ.

"ނަފުރަތުގެ ބިލަކީ ހަމައެކަނި އޭގައިވާ ކުރު ޢިބާރާތްކޮޅު ނޫންކަމާއި، އެހެނެއްކަމަކު އެއީ، ރައްޔިތުންގެ ވިންދާ ޚިލާފު، ވަކި ބައެއްގެ ފިކުރީ އަދި މަންހަޖީ މިސްރާބުގެ ނާރެސްކަން މިއަދު ދިވެހި ރައްޔިތުންނަށް ކަށަވަރު ވެއްޖެކަމުގައި ދެކެމެވެ." ޝެއިހް ސަމީރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/Ahmadhsameer/status/1416385303342817281

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ހުސެއިން ހުށަހެޅި އެ ބިލުގެ މައްސަލަ އަދި ސަރުކާރުގެ އެހެން ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެއްބާރުލުން ދެއްވުން ހުއްޓައިލިކަން އިއުލާނު ކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަން ހަދަން ބާރު އަޅުއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވައި ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި ދިން ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވީ އެމަނިކުފާނު ކަމަށާއި އެއީ ހަރުކަށި ފިކުރުގެ މީހުން ކުރި ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް