ރަސްމީ ތަޢުލީމެއް ނެތި ވަޒީފާ އަދާކުރާ ފަރާތްތަކަށް ރަސްމީ ސެޓްފިކެޓު ހޯދުމަށް ރަޖިސްޓްރީވާން ހުޅުވައިލައިފި
ރަސްމީ ތައުލީމެއް ނެތި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ރަސްމީ ތައުލީމީ ސެޓުފިކެޓު ހޯދުމަށް ރަޖިސްޓްރީވާން ހުޅުވައިލައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކުނިކުން ހުޅުވައިލައިފައިވާ މިފުރުސަތުގައި ތައުލީމީ ސެޓުފިކެޓެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަދާ ކުރަމުންގެންދާ ފަރާތްތަކުގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ސެޓުފިކެޓު ހޯދުމަށް އެދެވޭނެއެވެ.
މިމަހުގެ 13 ވަނަ ދުވަހު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތަޢުލީމެއް ނެތި ވަޒީފާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ނިޒާމެއް އިފްތިތާހްކޮށްފައެވެ.
މި ނިޒާމުގެ ދަށުން ރަސްމީ ސެޓުފިކެޓު ހޯދުމަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެމީހުންގެ ހުނަރުތައް ހުރިތޯ ބަލައި، އިމްތިހާން ހެދުމާއި، ސެޓްފިކެޓް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިފުރުސަތުގެ ދަށުން އިމްތިޙާނަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާއިރު އިމްތިޙާނަށް ތައްޔާރުވުމަށް މުއްދަތެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިމްތިހާންގެ ކުރިން ފުރަތަމަ ދެނީ ޕްރީ އެސެސްމަންޓެއްކަމަށް ޕޮލިޓެކްނިކް ވިދާޅުވެއެވެ.
މިފުރުސަތުގައި ސެޓުފިކެޓެއް ނެތި ވަޒީފާ އަދާ ކުރަމުންދާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޕޮލިޓެކުނިކުން މައުލޫމާތު ދެއްވައެވެ.
މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބެގެން ވެސް ބައިވެރިވެވޭނެއެވެ. ޕޮލިޓެކްނިކްއިން ވިދާޅުވީ އެއް ރަށެއްގައި މަދު މީހުން ރަޖިސްޓްރީވެފައިވާ ނަމަ ކައިރި އެހެން ރަށްރަށުގައި ތިބި ފަރާތްތަކާ އެކު އިމްތިޙާންގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ވަޒީފާއެއްގައި މެދުނުކެނޑި 5 އަހަރުދުވަސް ވަންދެން މަސައްކަތްކޮށްފައިވާ މީހުންނަށް އިމްތިހާންގައި ބައިވެރިވެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބެގެން މި ޕްރޮގްރާމްގައި ބައިވެރިވެވޭ ގޮތަށް ވީހާވެސް ގިނަ ބަޔަށް ފުރުޞަތު ދިނުމެވެ.
އާނ އިތުރު އިންޑިޔާ ބަޔަކަށް ވަޒީފާ ދޭން ޖެހުނީ ސާބަހޭ ސަރުކާރު
އަދުރޭމެންނަށް ލިބޭނީ ސިޔާސި ޓެކްނީޝަން ގެ ރޮގުން ދެއްތޯ؟!،،،،،
ކީއްކުރަން…ބޭކާރުކަމެއްތީ…މި ގައުމަކަށް ތައުލީމެއް މުހިއްމެއްނޫން….ގައުމު ބައްޓަން ވެގެންމިދަނީ…
“ރޯނުއެދުރުން” ގިނަތަނެއްގެ ގޮތުގައި…