ޚަބަރު

އޯގަސްޓު 7ގައި ބާއްވާ އިންތިޚާބަށް ރީ-ރެޖިސްޓަރ ވާން ހުޅުވައިލަައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުގުނުން ކުރިއަށް ދަނީ/ ދެން އިމޭޖްސް: ޢަލީ ޝިފާޒް

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގަައި، އިންތިހާބު ނުކުރެވުނު 10 ދާއިރާއެއްގެ ތެރެއިން އަންނަ އޮގަސްޓު މަހު 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓް ލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވައިލައިފިއެވެ.

Ads by MWSC

މިއީ އޮންލައިންކޮށް ރީ ރަޖިސްޓްރީވާން ހުޅުވައިލި ފުރަތަމަ ފަހަރެވެ. އަދި މިއީ ކުރިއަށް އޮތް އިންތިޚާބު ތަކުގައި ވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށް އިލެކްޝަނުން ބުނެއެވެ. މި ފުރުޞަތުގައި ރަޖިސްޓަރީ ވުމަށް ހުޅުވައިލައިފައި ވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

އޮގަސްޓު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވައިލައިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެކިއެކި ސަބަބުތަކާ ހެދި އިންތިހާބު ނުކުރެވޭ ރަށްރަށުގެ އަންހެނުންގެ ކޮމިޓީއާއި ކައުންސިލު ގޮނޑިތަކަށް ވާދަކުރުމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ދާއިރާތަކުގެ އިންތިހާބު އަންނަ އޯގަސްޓުމަހު 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލި ދާއިރާތަކުގައި ވަނީ އިންތިޚާބަކާ ނުލައި، ކުރިމަތިލި މީހާ އިންތިޚާބު ވެފައެވެ. މިގޮތަށް އިންތިޚާބު ވެފައި ވަނީ ލ.މާބައިދޫ އާއި، ހދ.ނޭކުރަންދުގެ އިތުރުން ހއ.ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންނެވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!