ނަޝީދަށް އިތުރު ހަމަލާއެއް ނުދެވޭނެކަމުގެ ޔަގީންކަމެއް ނުދިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ފަދަ އިތުރު ހަމަލާއެއް އަދިވެސް ދީފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، އެފަދަ ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނަކަށް ނުދެއްވުނެވެ.
މިއަހަރުގެ މެއި 6ގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ، ރައީސް ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމުން އިތުރު ހަަމަލާއެއް ނުދެވޭނެކަމުގެ ޔަގީންކަން ދެވިދާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން ދަނީ އެ ތަޙްޤީޤް ފެށުނު ވަގުތުން ފެށިގެން އެވްރެޖްކޮށް ކޮންމެ ފަސް ދުވަހަކު ޕާލިމެންޓްގެ ސީނިއަރ އެމްޕީންތަކަކަށް ވަރަށް ތަފްސީލީ މައުލޫމާތުތަކެއް އަރުވަމުން ކަމަށެވެ.
އަދި އެ ދެއްވާ މަޢުލޫމާތުތަކުގެ އަލީގައި ޚާއްސަކޮށް ތަޙްޤީހުން ހޯދޭ ހޯދުންތަކުގެ އަލީގައި އެކަން އެސެސް ކުރެވޭނީ ކިހާވަރަކަށްތޯ ބައްލަވާ ކަމަށާއި މިހާރު ފެނިފައި މިއޮތީ މިފަދަ ކަންކަމުން ނުރައްކާ އޮތް މިންވަރު ކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި “މި ނުރައްކަލާ ބައްދަލުވާ ވަރުގެ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަން ހަމަޖައްސާނެ”ކަން ޤަބޫލު ކުރާ ކަމަށާއި ފުލުހުންގެ ޚިދުމަތުގެ ހައިސިއްޔަތުން އެކަމަށް އަރުވަން ޖެހޭ ލަފާ އަރުވާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
“މި އަރުވާ މަޢުލޫމާތުތަކުގެ އަލީގައި ޚާއްސަކޮށް ތަޙްޤީޤުން ހޯދޭ ހޯދުންތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެސެސް ކުރެވޭނެ އަޅުގަނޑުމެންނަށް ކިހާވަރަކަށް މިކަން އެސެސް ކުރެވޭނީ. މިހާރު އަޅުގަނޑުމެންނަށް ފެނިފައި އޮތީ މިއޮތީ މިފަދަ ކަންކަމުން އަޅުގަނޑުމެންނަށް ނުރައްކާ އޮތް މިންވަރު. އެހެންވީމަ މި ނުރައްކާއާ ބައްދަލުވާ ވަރުގެ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަން ހަމަޖައްސާނެ ކަން ޤަބޫލު ކުރަން. އަދި ފުލުހުންގެ ޚިދުމަތުގެ ހައިސިއްޔަތުން އެކަމަށް އަރުވަން ޖެހޭ ލަފާ އަޅުގަނޑުމެން އަރުވާނަން." ހަމީދު ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބު މިފަދައިން ހަމީދު ދެއްވިއިރު ރައީސް ނަޝީދަށް އަމާޒުކޮށް އިތުރު ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަމެއް ސީޕީ ހަމީދަކަށް ނުދެއްވުނެވެ.
އެބޭފުޅާއަށް އެންމެ އަމާން ޤައުމުތަކަކީ ނޮންމުސްލިމް ގައުމުތައް.
މުސްލިމު ޤައުމުތަކުގައި ނުރައްކަލާ އަނެއްކާވެސް ކުރިމަތިވެދާނެ، ދޫފުޅުން މުސްލިމުންނަށް ހަޖަމްނުކުރެވޭފަދަ ބަސްތަކެއް ބޭރުނުވާނެކަމުގެ ޔަޤީންކަމެއްވެސްނެތް