ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޓޯކިޔޯ އޮލިމްޕިކްސް 2020 ބަލައިލެވޭނެ
ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް ، ކޮވިޑް-19އާ ގުޅިގެން އެއް އަހަރު ދުވަހަށް ފަސް ކުރުމަށް ފަހު މިހާރު މިވަނީ ފެށިފައިއެވެ. ރާއްޖޭގެ ހުނަރުވެރި އެތްލީޓުން ބައިވެރިވާ މި މުބާރާތް އެންމެފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ދިރާގުން ހަމަޖައްސައިފައެވެ. އެގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލައިލެވޭނެއެވެ.
މިއަހަރުގެ މި ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރާއިރު އެ މީހުންގެ ތެރޭގައި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ހިމެނެއެވެ. ދިރާގުން ވަނީ ސާއިދާއި ދިވެހި އެލްތީޓުންނަށް ކާމިޔާބީ ހޯދުމަށް ސޯޝަލް މީޑިއާގައި ހިތްވަރު ދީފައިއެވެ.
މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސްއިން އެއްފަހަރާ، އެއްޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލައިލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ.އެސް.ޓީ ނުލައި މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭއިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލައިލެވޭނެއެވެ.
ދިރާގުޓީވީއިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.
ދިރާގުން އެދެނީ އޮލިމްޕިކްސް 2020ގައި ބައިވެރިވި ހުރިހާ ދިވެހި އެތްލީޓުންނަށް ކާމިޔާބީއަށެވެ.