ޚަބަރު

ފީއަލީ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް ޖެހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ/ ވަންއޮންލައިން

މިވަގުތު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ރަށް ކަމުގައިވާ ފ.ފީއަލީގައި ދިރިއުޅޭ މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް19 ޖެހުނު ކަމަށާއި މިވަގުތު ވެސް ކޮވިޑް ޖެހިފައި ތިބި 9 މީހުން އެރަށުގައި އެބަތިބި ކަމަށް ފީއަލީ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ފީއަލީ ސިއްހީ މަރުކަޒު ހިނގެވުމާ ހަވާލުވެ ހުންނެވި އިބްރާހިމް ނަސީމް ވިދާޅުވީ އެރަށުން 460އަށް ވުރެ ގިނަމީހުންނަށް ބަލި ޖެހުނު ކަމަށާއި މިވަގުތު ވެސް 9 މީހަކު ބަލިން ރަނގަޅު ނުވެ އެބަތިބި ކަމަށެވެ.

"މިރަށުގެ 460އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު. މިއީ ރަށުގައި ދިރިއުޅޭ އާބާދީގެ ދެބައިކުޅަ އެއްބައި. މިވަގުތު 9 މީހުން ބަލިން ރަނގަޅު އެބަ ތިބި. އެހެން ނަމަވެސް އެއީ ހޯމް ކަރަންޓީނުގައި ތިބި ބައެއް." ނަސީމް ވިދާޅުވިއެވެ

ނަސީމް ވިދާޅުވީ ރަށް މޮނިޓަރިންއިން ނެގުމަށް ޓަކައި ދެ ބުރަށް ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ސުންކު ނަގައިފައިވާ ކަމަށާއި އަދި މިހާތަނަށް ލިބުނު އެއްވެސް ނަތީޖާއެއް ކޮވިޑް 19 އަށް ފައްސިވެފައި ނުވާ ކަމަަށެވެ.

"މިހާރު މޮނިޓަރިންއިން ނެގުމަށް ޓަކައި ނަގަން ޖެހޭ ސާމްޕަލްތައް ނަގައި ފޮނުވާފައި ވަނީ. އަދި ލިބުނު އެއްވެސް ނަތީޖާއެއް ފައްސިވެފައެއްނުވޭ. އަދި ރަށުތެރޭގައި ވެސް ރޯގާގެ އަލާމާތް ހުރި މީހުން ހަމަވަރަށް މަދު" ނަސީމް ވިދާޅުވިއެވެ.

ފީއަލިން ކޮވިޑް19ގެ ހަރަކާތްތެރި ވޭދަނައެއް ފެނި އެރަށް މޮނިޓަރިންއަށް ލައިފައި ވަނީ މިދިޔަ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!