Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖޭގައި ތިންވަނަ ޑޯޒެއް ޖަހަން އަދި ނުވިސްނަން: އެޗްއީއޯސީ

ރާއްޖޭގައި ތިންވަނަ ޑޯޒެއް ޖަހަން އަދި ނުވިސްނަން: އެޗްއީއޯސީ
ކޮވިޑް-19އިން ދިފާއުވުމަށް އިތުރު ބޫސްޓަރ ޝޮޓެއް (ތިންވަނަ ވެކްސިން ޑޯޒެއް) ޖެހުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ. މިރޭ ދެންއިން ސުވާލު ކުރުމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، ބޫސްޓަރ ޝޮޓެއް ދިނުމާ މެދު މަޝްވަރާ ނުކުރާ ކަމަށާއި ރާއްޖެއިން އަމަލު ކުރާނީ ބޭރުގެ ޤައުމުތަކުން އަމަލު ކުރަމުންދާ އުސޫލަށް ކަަމަށެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ވަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ދޭން ފަށައިފައެވެ. އަދި އެންމެ ރައްކާތެރި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ ހުއްދަ ހޯދުމަށް އެމެރިކާއާއި ޔޫރަޕިއަން ރެގިއުލޭޓަރީ ވަނީ އެ ކުންފުނިން ހުށަހަޅައިފައެވެ. މިދިޔަ މަހު އެކުވެރި އަރަބި އިމާރާތާއި ބަޙްރައިންގައި ޗައިނާގެ ސިނޮފޯމް ވެކްސިން ޖެހި ފަރާތްތަކަށް ބޫސްޓަރ ޝޮޓެއްގެ ގޮތުގައި ފައިޒާ ވެކްސިން ދޭން ވަނީ ފަށައިފައެވެ. މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައި ވަނީ ބޫސްޓަރ ޝޮޓެއް ޖަހަން ޖެހޭނެކަން ޔަޤީން ވާނީ އަދި އިތުރު ޑޭޓާ ލިބުމުން ކަމަށެވެ.

ދުނިޔޭގެ ބައެއް ޤައުމުތައް ބޫސްޓަރ ޝޮޓެއް ޖެހުމަށް ތައްޔާރުވަމުންދާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރެވި އެތައް ބަޔަކު އެބަތިއްބެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް