ޚަބަރު

އައްސޭރި ޖަލަށް އެއްޗެހި އުކުން ހުއްޓުވަން ވަށާފާރު އުސްކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދުފުޅު/ ފޮޓޯ: ސަން

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ ހައްލުކުރުމަށް ޓަކައި އެ ތަނުގެ ވަށާފާރު އުސްކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ސީޕީ އަހުމަދު މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"މި މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ،" ސީޕީގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސީޕީ ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށް ޓަކައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށާއި އަދި މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގެންގުޅުން މަނާ ތަކެތި ޖަލުގައި ގެންގުޅޭތީ ދާދި ފަހުން ވެސް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ވަނީ މާފުށީ ޖަލުގައި ވެސް އޮޕަރޭޝަނެއް ހިންގައިފައެވެ. އެތަނުން 40 އަށް ވުރެ ގިނަ ފޯނާއި އިތުރު ތަކެތި ވަނީ އަތުލައިގެންފައެވެ. ޖަލުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި އެންމެ ގިނައިން އަތުލައި ގަންނަނީ ވެސް ފޯނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!