Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލޫ ކުލިނިކުން ނެގި 11 ސުންކެއް ފައްސިވެ ކޮޅުފުށި މޮނިޓަރިންއަށް

ފުލޫ ކުލިނިކުން ނެގި 11 ސުންކެއް ފައްސިވެ ކޮޅުފުށި މޮނިޓަރިންއަށް

މ.ކޮޅުފުށީ ފުލޫ ކުލިނިކުން ނެގި 25 ސުންކުގެ ތެރެއިން 11 ސުންކު ކޮވިޑް19އަށް ފައްސިވެ އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލް މެމްބަރު އަހުމަދު ސައީދު ވިދާޅުވީ ފައްސިވީ މީހުންނާ އެއްތާވި މީހުންގެ ހޯދައި ސުންކުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ރަށަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

"ރަށަށް އަރާ ފޭބުން މި ވަނީ މަނާކޮށްފަ. ސާމްޕަލް ނެގީންސުރެ ސާމްޕަލް ދިން މީހުން ތިބީ ކަރަންޓީނު ކޮށްފައި. އިތުރަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނީ މިއަދު 2 ޖަހާއިރު އޮންނަ މީޓީންއަށް ފަހު" ސައީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް19 ގެ ވޭދަނައެއްފެނި ކޮޅުފުށި ވަނީ މީގެ ކުރިން ވެސް މޮނިޓަރިންއަށް ލައިފައެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ 11 ރަށެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެއެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ބޮޑު ލުއިއެއް ދިނީ މިދިޔަ ޖޫން މަހުގެ ފަހު ހަފްތާއާއި މި ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިއާއެކު މާލެގައި ރަށަށް ނުދެވިފައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ރަށްރަށަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް