Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން

70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން

ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންގެ 70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވެފައިވާ ޤައިދީންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ރާއްޖޭގައި ހުރި ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންގެ ނިސްބަތައް ބަލާއިރު، 70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ ކޮންމެ ވެސް ބާވަތެއްގައި ޝާމިލްވާ ޤައިދީން ކަމަށާއި ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި ޖަލުގައި ހިންގި އެކި އޮޕަރޭޝަންތަކުން އަތުލައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ޤައުމީ ފެންވަރެއްގައި މަޝްވަރާތައްކޮށް، ގިނަ ކަންކަން ކުރެވެމުން ދިޔަ ނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް