Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އޭސީ ކޮށްފައިވާ ކްލާސްތަކުގައި ތިބެން ޖެހޭނީ 3 ފޫޓު ދުރުގައި

އޭސީ ކޮށްފައިވާ ކްލާސްތަކުގައި ތިބެން ޖެހޭނީ 3 ފޫޓު ދުރުގައި

މި މަހުގެ 10 ވަނަ ދުވަހު ފެށޭ ދިރާސީ އައު އަހަރާ ގުޅިގެން ސްކޫލްތަކުގައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާރކިއުލާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި ހާލަތަކީ ކޮވިޑް-19ގެ ވޭދަނަތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ ދުވަސްވަރެއް ކަމަށްވާތީ ސްކޫލްތަކާއި ހުރިހާ ފަރާތްތަކުން ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅައިފައިވާ އެންމެހާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމާ އެކު، ބައެއް ކަންކަމަށް ސަމާލުވުމަށެވެ. އޭގެ ތެރޭގައި އޭސީ ކޮށްފައިވާ ކްލާސްތަކުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަ ކުރަންޖެހޭ ވަގުތުކަމުގައި ކަނޑައަޅައިފައި ވެއެވެ. އަދި ފުރަތަމަ ދެ ހަފްތާގައި މާލެ ސަރަހައްދުތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް، ވީހާ ވެސް ތޮއްޖެހުން ކުޑަވާ ގޮތަކަށް އިންތިޒާމު ކުރުމަށާއި ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވައިފައި ބެހެއްޓުމަށް އަންގަވައިފައި ވެއެވެ. ހަމަ އެހެންމެ ކްލާސްރޫމް ތަރުތީބު ކުރުމާއި ކިޔަވައި ދިނުން ކުރިއަށް ގެންދިޔުމުގައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދިފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ސުކޫލުތަކުގެ އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށާއި ރާއްޖޭގައި އަދި ކޮވިޑް ވެކްސިން ޖަހަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ވާތީ، ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ދުވަސްތަކެއް ނަގާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް