ޚަބަރު

ކާށިދޫން އިތުރު 6 މީހަކަށް ބަލި ޖެހި, އަދަދު 200 އިން މައްޗަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ގޫގުލް

ކޮވިޑް-19ގެ ވޭދަނައެއް ފެނި މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ މާލެ އަތޮޅު ކާށިދޫއިން ކޮވިޑް-19އަށް ފައްސިވީމީހުންގެ ޖުމްލަ 212އަށް އަރައިފިއެވެ.

Ads by STELCO

ކާށިދޫ ސިއްހީ މަރުކަޒުން އެންމެ ފަހުން އާއްމުކުރި އަދާހަމަތަކުން ދައްކާ ގޮތުގައި އެރަށުން އިއްޔެ އަލަށް 6 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިއާއެކު އެރަށުގެ ހަރަކާތްތެރި ވޭދަނައިގެ ޖުމްލަ 145އަށް ވަނީ އަރައިފައެވެ. މީގެ އިތުރުން އެރަށުން ޖުމްލަ 2998 ސުންކު ނަގައިފައިވާއިރު އޭގެ އެތެރެއިން 2671 ސުންކު ވަނީ ނައްސިވެފައެވެ.

ނަތީޖާ ނުލިބޭ 115 ސުންކެއް ވާކަމަށް ވެސް ކާށިދޫ ޞިއްޙީ މަރުކަޒުގެ އަދާހަމަތަކުން ދައްކައެވެ.

ރޯގާގެ އަލާމާތްތަކެއް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް19އަށް ފައްސިވެ މޮނިޓަރިންއަށް ލައިފައިވާ ކާށިދޫގެ ހާލަތާ ބެހޭ ގޮތުން މީގެ ކުރިން "ދެން" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ރަށުގެ ހާލަތު ގޯސްވުމުގެ ސަބަބުން ރޭގަނޑު 9އިން ފަތިހު 4އަށް ކާފިއު އިއުލާނުކޮށް ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ އަދި ރަށުގެ އެތެރޭގެ ހަރަކާތްތައް އަދިވެސް މަދުކުރުމަށް ކޮންމެ ގޭބީސީއަކަށް ވަކި އަދަދަކަށް ޕާމިޓް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އާމިރު ވަނީ ކުރިން ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!