Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރޭތީ ކޮޅުފުށީގައި ކާފިއު އިއުލާން ކުރަނީ

ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރޭތީ ކޮޅުފުށީގައި ކާފިއު އިއުލާން ކުރަނީ

ކޮވިޑް-19ގެ ވޭދަނައެއް ފެނި މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ މ. ކޮޅުފުށީގައި މާދަމާއިން ފެށިގެން ކާފިއު އިއުލާން ކުރާނެ ކަމަށް އެ ރަށު ކައުނސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމް ވިދާޅުވީ އެރަށުން ޖުމްލަ 68 މީހަކު ބައްޔަށް ފައްސިވެފައިވާ ކަމަށާއި އިއްޔެ އެކަނި ވެސް 11 މީހުންނަށް ބަލިޖެހުނު ކަމަށެވެ. އަލީމް ވިދާޅުވީ ކާފިއު ހިންގާނީ ހަވީރު ހަތަރަކުން މެންދަމު 12އަށް ކަމަށެވެ.

"މިހާރު ޖުމްލަ 68 މީހަކަށް މި ވަނީ ބަލި ޖެހިފައި. އަދި މިހުރިހާ ކޭސްތަކަކީ ވެސް މިވަގުތު ހަމަ އެކްޓިވް ކޭސް. އިއްޔެ އެކަނި ވެސް 11 މީހަކު ޕޮޒިޓިވްވި. މާދަމާއިން ފެށިގެން ކާފިއު އިއުލާނު ކުރުމުގެ މަސައްކަތް މިކުރަނީ ހަވީރު 4 އިން ރޭގަނޑު 12އަށް" އަލީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ކޮޅުފުށި ފުލޫ ކުލިނިކުން ނެގި 25 ސުންކުގެ ތެރެއިން 11 ސުންކު ކޮވިޑް19އަށް ފައްސިވެ އެ ރަށްވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

ކޮވިޑް-19 ވޭދަނަތައް ފެނި މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ އަދަދު މިހާރު ވަނީ 14އަށް އަރައިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ ފުވައްމުލަކު ސިޓީއެވެ. އެސިޓީ މޮނިޓަރިންއަށް ލައިފައި ވަނީ މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް