ޚަބަރު

މާާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޤުނޫތު ކިޔުމާއި ގައިދުރުކޮށް ސަފުހަދައިގެން ނަމާދު ކުރުން ނިމުމަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ގައިދުރުކަމާއެކު މިސްކިތުގައި ނަމާދު ކުރަނީ: ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ގްރޭޓާރ މާލެ ސަރަޙައްދުގައި ކޮވިޑް-19 ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާތީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ކިޔަމުން އައި ޤުނޫތު ނާޒިލާ ކިޔުން ހުއްޓައިލާން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި އަދި ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތު ކިޔުުން މިރޭ ފަތިސް ނަމާދުން ފެށިގެން މަޑު ޖައްސައިލާން އަންގާ ކަމަށެވެ.

ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔުން މި ވަގުތަށް ހުއްޓައިލި ކަމުގައިވިޔަސް، ފަރުޟު ނަމާދުތައް
ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް އެ މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ތިއްބަވާ ވަގުތުތަކުގައްޔާއި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި މާސްކު އެޅުއްވުމަށާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!