Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިރިލަންދޫން މީހަކު ފައްސިވެ، ރަށް މޮނިޓަރިންގެ ހާލަތަށް

ހިރިލަންދޫން މީހަކު ފައްސިވެ، ރަށް މޮނިޓަރިންގެ ހާލަތަށް

ތ. ހިރިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހިރިލަންދޫ މޮނިޓަރިން ހާލަތައް ގެނެވިފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ރަށު ހެލްތު ސެންޓަރުން ނެގި ސުންކެއް ފައްސިވުމާ ގުޅިގެންނެވެ. މިއާ އެކު ފައްސިވި މީހާއާ ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ އެ ރަށް މޮނިޓަރިން ހާލަތައް ލެވުނު ދެވަނަ ފަހަރެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ އެމީހާއާ އެއްވެސް ފަރާތަކާ ގާތުން އެއްތާވެފައި ވާނަމަ ލަސްނުކޮށް އެ ރަށު ޞިއްޙީ މަރުކަޒަށް އެންގުމަށް އިލްތިމާސްކޮށްފައެވެ. އަދި އަބަދުވެސް މާސްކް އަޅައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދެއްވުމަށާއި، ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަންގައިފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ކޮންމެހެން ދާން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމާއި ކޯވިޑް-19 ރޯގާގެ އެއްވެސް އަލާމާތެއް (ރޯގާޖެހުން، ހުންއައުން، ގައިގަ ރިއްސުން، ވަހާއި ރަހަޔަށް ބަދަލުއައުން، ބޮލުގައި ރިއްސުން) ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ މަރުކަޒަށް މަޢުލޫމާތު ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް