ދިވެހި ސިނަމާ

ހިތަށް ނުތަނަވަސްކަން ލިބޭތީ ކަމަށް ބުނެ ޔާމްބެ ޓިކްޓޮކްއާ ދުރަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ނަން މަޝްހޫރު ޓިކްޓޮކް ސްޓާރުންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ކުޅަދާނަ އެކްޓަރު މުޙައްމަދު ޔާމީން އަލީ، އާންމުކޮށް ދަންނަ ނަމުން ނަމަ "ޔާމްބެ"، ޓިކްޓޮކް ބޭނުން ކުރުން ހުއްޓައިލައިފިއެވެ.

Ads by STELCO

ޔާމްބެ ޓިކްޓޮކް ކުޅުން ހުއްޓައިލައިފިކަން އޭނާ ވަނީ "ދެން"އަށް ޔަގީން ކޮށްދީފައެވެ.

ހެއްވާ މަޖާ ކޮންޓެންޓާއި، ތަފާތު ކޮންޓެންޓް އުފެއްދުމަށް މަޝްހޫރުވެފައިވާ ޔާމްބެ ޓިކްޓޮކް ބޭނުން ކުރުން ހުއްޓައިލައިފައި ވަނީ އިއްޔެއެވެ. ހުއްޓައިލިއިރު އޭނާއަށް 23،000އަށް ވުރެ ގިނަ ފޮލޯވަރުން އެ މަންސައިން ލިބިފައިވެއެވެ.

ގިނަ ބަޔަކަށް ކަމުދިޔަ ވެބް ސީރީޒެއް ކަމުގައިވާ "އެހެނަސް" ގައި ވެސް ހަރަކާތްތެރިވެފައިވާ ޔާމްބެ "ދެން"އަށް މައުލޫމާތު ދެމުން ބުނީ، އޭނާ އިއްޔެއިން ފެށިގެން ހުއްޓައިލީ ޓިކްޓޮކް ކުޅުން އެކަނި ނޫން ކަމަށާއި އެކްޓު ކުރުން ވެސް ހުއްޓައިލީ ކަމަށެވެ.

"ހިތަށް ނުތަނަވަސްކަން ލިބޭތީ ހުއްޓައިލީ. އަސްލުގައި މިކަމުގެ ސަބަބުން ދީނީ އަޅުކަމާ ވެސް ވަރަށް ބޮޑަށް އެބަ ދުރުވެވޭ. ހުއްޓައިލީ މާބޮޑަށް ދީންވެރި ވާންވެގެންނެކޭ ނޫން މި ބުނީ. އެކަމަކު މިކަމުގެ ސަބަބުން އަޅުކަން ކުރުމާ ދުރުވެވޭ، ނަމާދަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް، އެކަމަކު އެކަމާ ވެސް ހުރެވެނީ ދުރުވެވިފަ. އެހެންވެ މި ދާއިރާ (ޓިކްޓޮކްގައާއި އެހެނިހެން ވެސް އެކްޓު ކުރުން) ހުއްޓައިލާން ނިންމީ" ޔާމްބެ ބުންޏެވެ.

ޔާމްބެ ބުނީ އޭނާ މި ނިންމުން ނިންމީ އެއްވެސް މީހެއްގެ ނުފޫޒަކުން ނޫން ކަމަށާއި މިއީ ހަމަ އަމިއްލައަށް އޭނާއަށް ވިސްނިގެން ނިންމި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، މި ދާއިރާ ދޫކޮށްލަން ނިންމި ނިންމުމުގައި، އޭނާގެ ވަޒީފާ ވެސް ހިމެނޭ ކަމަށެވެ. ވަޒީފާއަށް ފުރިހަމައަށް ވަގުތު ދޭން ބޭނުންވާ ކަމަށް ވެސް ޔާމްބެ ބުންޏެވެ.

Ads by HDC
  1. އުފާ

    ސާބިތު ކަން ދެއްވާށި. އާމީން

  2. އާންމު ރައްޔިތެއް

    މަގުމަތީގަ ކޮންމެފަދަ ފާޑަކަށް އުޅުނަސް ހެޔޮ ދޯ ؟ އަހުލާގު ފެންވަރު ވަރަށް ދައް މީހެއް މީ

    • ރައްޔިތުމީހާ

      ހެޔޮވިސްނުންދެއްވާާ ދުއާކޮއްބަލަަ އޭނަަ އެބަދަލުު ކުރީީ، ދެންް ހުރިި ކަންތައްވެސްް ރަގަޅުު ކޮއްފާނެެ. މީހުންނަށްް ހަޖޫޖެހުންވެސްް ތީި މާާ އަހުލާގީީ ރީތިފެންވަރެއްް ނޫންް

    • މުހައްމާ

      އަނެކާއަށް ފާޑު ކިޔުމުގެ ކުރިން ތިމާގެ ހާލަތާ މެދު ވިސްނާލުން ބުއްދިވެރި.