އުމުރުން 17 އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖޭގެ ރަށެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އަނިޔާކުރީ ރަހީނުކުރުމަށް ފަހުގައެވެ. ނަމަވެސް ކުއްޖާ ރަހީނު ކުރިކަން ފުލުހުން އަދި ޔަގީން ކޮށެއް ނުދެއްވައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށެއްގައި އުމުރުން 17އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާ ކޮށްފައިވާ ކަމުގެ ރިޕޯޓު އިއްޔެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
Ads by Allied Insurance