Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސްފެންގަނޑަށް ވެއްޓި ނިޔާވި ކުއްޖާގެ މައްސަލަ ބަލަން ފުލުހުންގެ ޓީމެއް އޮމަދުއަށް!

މަސްފެންގަނޑަށް ވެއްޓި ނިޔާވި ކުއްޖާގެ މައްސަލަ ބަލަން ފުލުހުންގެ ޓީމެއް އޮމަދުއަށް!

އދ. އޮމަދޫން މަސް ފެންގަނޑަކަށް ވެއްޓި ނިޔާވި 11 މަހުގެ ތުއްތު ކުއްޖާ، ނިޔާވީ އިޙްމާލަކުންތޯ ބެލުމަށް އެ ރަށަށް ފުލުހުންގެ ޓީމެއް ގޮސްފިއެވެ.

"ދެން"އަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުނެފައި ވަނީ މަހިބަދޫގެ ޓީމެއް މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިކުއްޖާގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭ 9:30ގައި ކުރުމަށް ވަނީ ނިންމައިފައެވެ. ކުއްޖާގެ ކަށު ނަމާދު އޮންނާނީ އޮމަދޫ މިސްކިތުގައެވެ.

Advertisement
Ooredoo — Square (box)

އުމުރުން 11 މަހުގެ މިކުއްޖާ މިއަދު ފެނިފައި ވަނީ، އެރަށު ޖަނަވަރީގޭގައި ހަދައިފައި ހުންނަ މަސްފެންގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. އެކުއްޖާ ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ހުންނާނީ ގާތްގަނޑަކަށް ފުޅާމިނުގައި 4 ފޫޓް ކަމަށާއި ފުންމިނުގައި ފޫޓެއް ކަމަށެވެ.

ނިޔާވި ކުއްޖާ ފެނިފައި ވަނީ ފެންގަނޑަށް ވެއްޓުނުތާ ކިހާއިރެއް ފަހުން ކަމެއް އަދި ސާފެއް ނުވެއެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނޭވާ ނުލާ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް