Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިސްލާމް ކިޔަވާދޭން ބޭރު ޓީޗަރުން ގެންނާކަށް ނޫޅެން، މެއި 6 ކޮމިޓީން ދެއްކި ވާހަކަތަކަކީ ދޮގެއް: އެޑިއުކޭޝަން

އިސްލާމް ކިޔަވާދޭން ބޭރު ޓީޗަރުން ގެންނާކަށް ނޫޅެން، މެއި 6 ކޮމިޓީން ދެއްކި ވާހަކަތަކަކީ ދޮގެއް: އެޑިއުކޭޝަން

ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ވިދާޅުވުމުން އެކަން އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެެވެ.

“ދެން”އަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ވަކި އަދަދަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަވާ ކަމަށް މެއި 6 ކޮމިޓީން ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

އެމްޑީޕީގެ މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާ މެދު ވާހަކަ ދެކެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

އަދި އެކަންކަން ހުއްޓުވަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވަކި އަދަދަކަށް އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅުއްވާކަމަށް އަފީފް ވިދާޅުވިއެވެ. މީސް މީޑިއާގައި މިކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ދަނީ ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް