Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަހަރު އެންމެ ގިނަ އަދަދަކަށް ޤާނޫނީ ވަކީލުން އެހީތެރިކަން ފޯރުކޮށްދިނީ ކުޑަކުދިންނަށް

މިއަހަރު އެންމެ ގިނަ އަދަދަކަށް ޤާނޫނީ ވަކީލުން އެހީތެރިކަން ފޯރުކޮށްދިނީ ކުޑަކުދިންނަށް

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވަކީލުން ހަމަޖައްސައިދީފައި ވަނީ ކުޑަކުދިންގެ މައްސަލަތަކުގައިކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 74 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 28 މީހަކަށާއި، 31-50 އަހަރުގެ 31 މީހަކަށާއި، 51 އަހަރުން މަތީގެ 7 މީހަކަށް ވަނީ ދައުލަތުން ވަކީލުން ހަމަޖައްސާފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ދައުލަތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 8 ބާވަތެއްގެ ކުށްތަކުގައި ޝާމިލުވާ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، މާރާމާރީއާއި، މަސްތުވާތަކެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ޝާމިލުވާ ކުދިން ވެސް ހިމެނެއެވެ.

Advertisement
Ooredoo — Square (box)

ޤާނޫނު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ، ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭން ޖެހެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް