Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބުލީ ކުރުމަކީ ނަތީޖާ ހިތިވެދާނެ ކަމެއް: ޒައިދު

ބުލީ ކުރުމަކީ ނަތީޖާ ހިތިވެދާނެ ކަމެއް: ޒައިދު

އެއްވެސް މީހަކު އަނެކާއަށް ހަނގާކޮށް ހެދުމަކީ އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ އޮފީސް ތެރޭގައި އިއްޔެ މެންދުރު ހިނގި މާރާމާރީއަކީ އެމްޑީޕީ އޮފީސް ތެރޭގައި ކުރަމުން އަންނަ ފުރައްސާރައިގެ ސަބަބުން ދިން ހަމަލާއެއްކަމަށް އެކަން ކުރި މީހާ ބުނުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ޒައިދު ވިދާޅުވީ ހަނގާ ކުރުމުން ނިކުންނާނެގެ ނަތީޖާ ހިތި ވެދާނެ ކަމަށާއި އެންމެން ވެސް މިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/alizaid1000/status/1433782885744447493?s=21

އިއްޔެ އެމްޑީޕީ އޮފީހުގައި ހިނގި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އެޕާޓީގެ އެޑްމިން މަސައްކަތް ބަލަހައްޓަވާ މަންދީއަށެވެ. ހަމަލާ ދިން އެމްޑީޕީ އޮފީހުގެ ޕިޔޯނު ޖަޒީލް "ދެން"އަށް މައުލޫމާތު ދެމުން ބުނީ މާރާމާރީ ހިންގުނީ އޭނާއަަށް އެމްޑީޕީ އޮފީސް ތެރޭގައި ކުރަމުން އަންނަ ފުރައްސާރައިގެ ސަބަބުންނާއި އެންމެ ފަހުން އޭނާގެ ދަރިންނަކީ ވެސް އެހެން މީހެއްގެ ދަރިން ކަމަށް "ޒާތީ ވުމުން" އިތުރަށް ކެތް ނުކުރެވިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް